ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާއިގުޅޭ

އިޖުތިމާޢީމަގާއި އަލިރަސްގެފާނުމަގު ގުޅުނުހިސާބު A14 ބްލޮކުގެ ހުޅަނގުފަރާތުގައި އޮތް ޔޫތު ސެންޓަރު ބިމުގައި ހުރި ރުއްގަހުގެ ބަދަލުމައްސަލަ ނިންމުމަށް ރުއްގަހުގެ ވެރިން ހޯދުމަށްޓަކައި، އެ ބިމުގައިހުރި ރުއްގަސްތަކުގައި މިހާރުވާނީ ކަޅުކުލައިގެ ދަވާދުން ނަމްބަރު ޖަހާފައެވެ.

           ވީމާ، ރުއްގަހުގެ ވެރިން އެ ރުއްގަހުގައި ޖަހާފައިވާ ނަމްބަރު ނޯޓުކުރުމަށްފަހު،  14 ޖޫން 2022 ވާ އަންގާރަ ދުވަހު 13:00 ގެ ކުރިން މި ކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. އަދި އެސަރަޙައްދުގައިވާ ރުއްގަހުގެ ތެރެއިން، ނަގައިގެން ގެންދެވޭނެފަދަ ތަކެތި މިމުއްދަތުގެ ތެރޭގައި ނެންގެވުން އެދެމެވެ. މަތީގައި ދަންނަވާފައިވާ ތާރީޚްގެ ފަހުން މިކައުންސިލަށް ހުށަހަޅާ ސިޓީތަކާއި، އެސަރަޙައްދުގައި ބަހައްޓާފައި ހުންނަ ތަކެއްޗަށް ބަދަލުދެވެން ނޯންނާނެވާހަކަ، އެތަކެތީގެ ވެރިފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ތާރީޚްގެފަހުން ހުށަހަޅާ ރުއްގަހުގެ ތަފްޞީލަށް ބަދަލު ދިނުމުގެ ކަންތައް ކުރިއަށްގެންދެވޭނީ ޝަރުޢީ ކޯޓެއްގެ ޙުކުމަކާއި އެކުގައިކަމުގައި ދަންނަވަމެވެ.   

 

                        

                         

      

 

                                                            

                                                 

06 ޖޫން 2022
ހޯދާ