| މަޤާމް: | ސަޕޯޓް ސަރވިސް އޮފިސަރ 1 | 
| ބޭނުންވާ އަދަދު: | 1 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| ރޭންކް: | ސީއެސް.އެސް.އެސް 1 | 
| ކްލެސިފިކޭޝަން: | ސަޕޯޓް ސަރވިސް | 
| އަސާސީ މުސާރަ: | މަހަކު-/3,753 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު-/3,500 ރުފޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް: | މަހަކު-/1,688.80 ރުފޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން:          | މާލެ / ހުޅުމާލެ | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
މުވައްޒަފުން އުޅޭ ސަރަހައްދާއި ޖަލު އޮފީހުން ކަނޑައަޅާ އެހެނިހެން ސަރަހައްދުތައް ކުނިކަހާ ސާފު ތާހިރުކޮށް ބެލެހެއްޓުން،އޮފީސްތަކާއި މުވައްޒަފުން އުޅޭ ކޮޓަރިތަކާއި ބެރެކްސްތަކާއި ފާޚާނާތައް ސާފު ތާހިރުކޮށް ބެލެހެއްޓުންސްޓާފް ބެރެކްސްތަށް ސާފުކުރުމާއި،ފާޙާނާ ސާފުކުރުމާއި، އަދި އަންނައުނު ދޮވެ އިސްތިރިކުރުންޖަލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް ޖަލު ތައްޔާރުކުރުމަށް އެހީތެރިވުން.ޖަލުން ހަމަޖައްސާ ޑިއުޓީ ތަކަށް ނުކުމެ އެޑިއުޓީއެއްގައި ކުރަން ހަވާލުކުރާ މަސައްކަތް ކުރުންމަސައްކަތާއި ގުޅޭ ގޮތުން ހަވާލުކުރެވޭ އެންމެހާ ކަންތައްތައް ކުރުންއެކިއެކި ބައްދަލުވުންތަކަށް ސައި/ކޮފީ ތައްޔާރު ކުރުން | 
| ފެންވަރު ނުވަތަ ޝަރުތު:                          | 
ލިޔަން ކިޔަން އެނގޭ މީހެއް ކަމުގައި ވުން.އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން ، ޓެކުން، މަކަރާއި ޙީލަތް، މަސްތުވާ ތަކެތި ބޭނުން ކުރުން، ނުވަތަ މަސްތުވާ ތަކެތި ވިޔަފާރި ކުރުން، އަދި ޚިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ 05 އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.އެއްވެސް އިރެއްގައި މަސްތުވާ އެއްޗެއް ބޭނުންކޮށްފައިވާ ފަރާތަކަށް ނުވުން.މީލާދީ ގޮތުން 18 އަހަރު ފުރި 45 އަހަރު ނުވާ މީހެއް ކަމުގައި ވުން. | 
| މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް: | 
މަސައްކަތުގެ ތަޖުރިބާލިޔަންކިޔަން ދަތުމާއެކު / އިންޓަވިއުގައި މަސައްކަތަށް ގާބިލްކަން ކަށަވަރު ކޮށްދިނުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ނަކަލެއް.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލުވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.ޕޮލިސް ރިޕޯޓް (4މަސް ހަމަނުވާ) | 
| ސުންގަޑި:   | މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 13 ޖޫން 2022 ވާ ބުރާސްފަތި 16:00ގެ ނިޔަލަށް [email protected]   ނުވަތަ [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.  ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ. 
ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | 
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | 
| އިތުރު މަޢުލޫމާތު ސާފުކުރުމަށް:   | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. އަދި އެޕްލިކޭޝަން ލިބުނުކަން ޔަގީން ކުރުމަށް ގުޅާނީ 3026143 އަދި 3026142 އަށެވެ. | 
| (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކް ކުރުމަކީ ފޯމް ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މެއިލް ލިބުނުކަން ޔަޤީން ނުކުރާ ފަރާތްތަކުގެ މެއިލް އެއްވެސް ސަބަބަކާ ހުރެ ރިސީވް ނުވާ ނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން ފަހުން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.) |