ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ލިމިޓެޑްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ ރީޖަންގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ފެރީ ދޯނި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-PRO/IUL/2022/065

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެލިމިޓެޑްގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ ރީޖަންގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރު ކުރުމަށް ބޭނުންވާ ފެރީ ދޯނި ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދުން.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންލިމިޓެޑްގެ ފަރާތުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ ރީޖަންގައި ކުރަމުން ގެންދާ މުވައްޒަފުންގެ ދަތުރުފަތުރު ކުރުމަށް ތިރީގައި މި ދަންނަވާ އުޅަނދު ކުއްޔަށް ހިފުމަށް ބޭނުންވެއްޖެއެވެ.

ބާވަތް: ފެރީ ދޯނި

ބޭނުންވާ އަދަދު: 1 (އެކެއް)

ހިދުމަތުގެ މުއްދަތު: މަދުވެގެން 1 (އެކެއް) އަހަރު، މަސައްކަތުގެ ފެންވަރަށް ބަލާ ފަހުން މުއްދަތު އިތުރު ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ދުވަސް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

09 ޖޫން 2022 (ބުރާސްފަތި (

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

ބީލަން ހުށަހެޅުން

13 ޖޫން 2022 (ހޯމަ)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

 

 

 

 

13 ޖޫން 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބައިންޑްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

އަންދާސީ ހިސާބާއި ބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، 12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އެކަން ފޮނުއްވުން އެދެމެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރު 14:00 އާއި ދޭތެރޭގައި އެ އީމެއިލްތަކަށް ޖަވާބު އެރުވިގެންދާނެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804، 3000581, ފެކްސް ނަންބަރު:3000584 

[email protected]

www.wamco.com.mv

06 ޖޫން 2022

 

 

 

 

 

 

 

 

                                                                                                                                                                

06 ޖޫން 2022
ހޯދާ