ދިވެހިރާއްޖެ
2022 ވަނަ އަހަރު ގދ.ފިޔޯރީގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފިޔޯރީ ކައުންސިލްގެ ވޮލީމުބާރާތް 2022" 20 ޖުލައި 2022 އިން 26 ޖުލައި 2022އަށް ބޭއްވުމަށް މިއިދާރާއިން ވަނީ ނިންމާފައެވެ. މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ޖަމުއިއްޔާ ޖަމާއަތްތަކާއި އަދި މުއައްސަސާތަކުގެ އަންހެން އަދި ފިރިހެން ބޭފުޅުންނަށް މިފުރުސަތު ހުޅުވާލަމެވެ. މުބާރާތުގެ ޤަވާއިދު އަދި އެޕްލިކޭޝަން ފޯމް މިއިއުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވާ ތާރީޙް: |
20 ޖޫން 2022 ، 14:00 |
ޓީމް ލިސްޓް ހުށަހަޅަންޖެހޭ އެއްމެ ފަހު ތާރީޙް: |
30 ޖޫން 2022، 14:00 |
މުބާރާތް ފެށުމަށް ތާވަލް ކުރެވިފައިވާ ތާރީޙް: |
20 ޖުލައި 2022 |
ފޯމް ފޮނުވަންވީ ގޮތް: |
[email protected] އަށް އީމެއިލް ނުވަތަ މިއިދާރާގެ ކައުންޓަރަށް އޮފީސް ރަސްމީ ގަޑީގައި ހުށަހެޅިދާނެއެވެ. |
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި ޢިއުލާން ކުރީމެވެ.