ދިވެހިރާއްޖެ
ނަންބަރު: ASND/PRC/IUL/2022/0036
މި ކުންފުނީގެ ބޭނުމަށް ކޮމްޕިއުޓަރ ސިސްޓަމް އަދި ސިސްޓަމް ޔޫޕީއެސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން 23 މެއި 2022 ގައި ކުރި އިޢުލާން ނަންބަރު ASND/PRC/IUL/2022/034 އަށް އެކަށީގެންވާ އަދަދަކަށް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީވެ، އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާންކުރަމެވެ.
މި މަސައްކަތަށް ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ބިޑް ވިއްކުން އޮންނާނީ 06 ޖޫން 2022 އިން 09 ޖޫން 2022 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 09:00 އިން 15:30 އަށް އާސަންދަ ކުންފުނީގެ މައި އޮފީހުގައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. ރެޖިސްޓްރީ ކުރާ ފަރާތްތަކަށް މިމަސައްކަތާ ގުޅޭ މައުލޫމާތު ކަރުދާސް އީމެއިލް މެދުވިރިކޮށް ފޮނުވޭނެއެވެ. އިޢްލާން ނަންބަރު ASND/PRC/IUL/2022/034 އާ ގުޅިގެން ބިޑް ގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުން މިބީލަމަށް ކުރިމަތިލާން ބޭނުންވާނަމަ 09 ޖޫން 2022 ގެ 15:30 ގެ ކުރިން [email protected] އަށް އީމެއިލްމެދުވެރިކޮށް ރެޖިސްޓަރ ކުރަންވާނެއެވެ.
ބިޑު ހުށަހަޅާ ފަރާތްތަކުން ދެ މަސައްކަތަށް ވަކިން އަގު ހުށަހެޅޭނެއެވެ. ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައިކުރުމަށް އަގު ހުށަހަޅާ ފަރާތްތަކުން، މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/21،000ރ، (އެކާވީސްހާސް ރުފިޔާ) ބިޑާއެކު ހުށަހަޅަންވާނެއެވެ.
12 ޖޫން 2022 ވާ އާދީއްތަ ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުއްވުން އޮށްނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ. އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.
ކަނޑައެޅިފައިވާ ސުންގަޑި އަށް ރެޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކާއި ވެބް މީޓިންގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.
05 ޖޫން 2022
ޕްރޮކިޔުމެންޓް ސެކްޝަން
ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ
އަމީނީ މަގު، މައްޗަންގޯޅި، 20375
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected] ވެބްސައިޓް: www.aasandha.mv ފޯން: 3011483