ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މި ޑިޕާޓްމަންޓަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި މޮނިޓަރ ހޯދުމާއި ގުޅޭ

މި ޑިޕާޓްމަންޓަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް އަދި މޮނިޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް މިޑިޕާޓްމަންޓްގެ ނަންބަރު 198-F/2022/70 (18 މެއި  2022) އިޢުލާނަށް އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މިތަކެތި ވިއްކުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށް  ބޭނުންވާނަމަ، މިޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 06 ޖޫން 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލް ކުރެއްވުންއެދެމެވެ. އަންދާސީ ހިސާބު 09 ޖޫން 2022 ވަނަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ހުށައެޅުއްވުން އެދެމެވެ. މިހެންވެ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

01 ޖޫން 2022
ހޯދާ