އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމް :ހިއުމަން ރިސޯސް އޮފިސަރ (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

އިއުލާން

 

     މި ހޮސްޕިޓަލުގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގައި ހިއުމަން ރިސޯސް އޮފިސަރ ގެ މަގާމުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރައްވާނެ ފަރާތެއް ބޭނުންވެއްޖެއެވެ.

 

މަޤާމް:

ހިއުމަން ރިސޯސް އޮފިސަރ

 

 

ބޭނުންވާ އަދަދު:

1 (އެކެއް)

 

 

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް

 

 

ސެކްޝަން

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

 

 

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

 

 

މުސާރަ:

ސަރވިސް އެލަވަންސް:

ޓެކްނިކަލް ކޯ އެލަވަންސް:

ރިސްކް އެލަވަންސް:

 މަސައްކަތު މުއްދަތު:

މަސައްކަތްކުރަންޖެހޭ ވަގުތު:

މަހަކު : -/5610 ރުފިޔާ

މަހަކު: -/2000 ރުފިޔާ

މަހަކު: -/700ރުފިޔާ

-/75 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)

 6 މަސް ދުވަސް

ދުވާލަކު މަދުވެގެން 6 ގަޑިއިރު ހަފްތާއަކު 5 ދުވަހު ރަސްމީ ގަޑި (އަދި  ދުވާލަކު 6 ގަޑިރަށްވުރެ އިތުރަށް ކުރާ މަސައްކަތުގެ ގަޑިއިރަށް ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އިތުރުގަޑީގެ ފައިސާ ލިބިލައްވާނެއެވެ.)

 

 

މަޤާމްގެ މަސްއޫލިއްޔަތުތަކާއި  ވާޖިބުތައް:

  • މުވައްޒަފުން ރެކްރޫޓްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުމާއި، ރެކްރޫޓްކުރުމުގައި ދިމާވާ މައްސަލަތައް ހައްލުކުރުން
  • މުވައްޒަފުންގެ ރެޖިސްޓްރީ ބެލެހެއްޓުމާއި ރެޖިސްޓްރީއަށް އަންނަ ބަދަލުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން
  • މުވައްޒަފުން ވަޒީފާއަށް ވެއްދުމަށްޓަކައި ކުރަންޖެހޭ އެންމެ ކަންތައްތައް ކުރުމާއި ވަޒީފާ ހަމަޖެހުމުން ވަޒީފާގެ އެއްބަސްވުން ތައްޔާރުކޮށް މުވައްޒަފުގެ ޕާރސަނަލް ފައިލް އަށް އެހެނިހެން މުހިންމު ލިޔެކިއުންތައް ފައިލްއަށް ލެވިފައިވާކަން ކަށަވަރު ކުރުން
  • މުވައްޒަފުންގެ ވަޒީފާގެ ބަޔާން ތައްޔާރުކުރުމަށްޓަކައި ގުޅުންހުރި ޑިޕާޓްމަންޓްތަކުން މައުލޫމާތު ހޯދުމާއި ވަޒީފާގެ ބަޔާންތައް ތައްޔާރުކުރުކޮށް ގަވައިދުން އަޕްޑޭޓްކުރުން
  • ވަޒީފާ ދެއްވާ، ބަދަލުކުރާ އަދި ވަކިވާ މުވައްޒަފުންގެ މައުލޫމާތުތައް ސިވިލް ސަރވިސް ވިއުގައަށް އަޕްލޯޑްކޮށް ވިއުގަ މެދުވެރިކޮށް ކުރަންޖެހޭ އެންމެހާ މަސައްކަތްކުރުން
  • ސިވިލް ސަރވިސް ވިއުގާއަށް އަޕްލޯޑް ކުރެވޭ އެންމެހާ ލިޔުންތަކާއި ޕްރޮސެސްތައް ގަވައިދުން ކުރެވިފައިވޭތޯ ޗެކްކުރުން
  • ހޮސްޕިޓަލަށް ބޭނުންވާ އެކިއެކި މަގާމްތަކަށް ކުރެވޭ އިންޓަރވިއުއިން ހޮވޭ ފަރާތްތަކަށާއި ނުހޮވޭ ފަރާތްތަކަށް ލިޔުމުން އެކަން އަންގާ، ހޮވޭ ފަރާތްތައް ވަޒީފާއަށް ނެރުމުގެ މަސައްކަތްތައް ގަވައިދުން ކުރުން
  • ހޮސްޕިޓަލްގެ ވަޒީފާތަކަށް ހުށަހަޅާ އެޕްލިކޭޝަންތަށް ސްކްރީންކުރުމާއި، ޝޯޓްލިސްޓްކުރުން އަދި އިންޓަވިއު ރާވާ ކުރިއަށް ގެންދިއުން
  • އިންޓަވިއު ޝީޓްތަށް ޗެކްކޮށް ސިވިލް ސާރވިސްގެ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން ޝީޓްތައްފުރައި މުވައްޒަފުންގެ ވަޒީފާ ހަމަޖެއްސުމަށް ވިއުގައަށް އެޅުން
  • ހޮސްޕިޓަލްގައި ވޮލަންޓަރީކޮށް އަދި ވަގުތީކޮށް މަސައްކަތް ކުރަން އެދޭފަރާތްތަކުގެ ވަޒީފާގެ އެންމެހައި ކަންތައްތައް ހަމަޖެއްސުމާއި ރިކޯޑް ބެލެހެއްޓުން
  • ސްޓާފް އައި.ޑީ ކާޑް އަދި ހޮސްޕިޓަލްގެ ބޭނުމަށް ހަދަންޖެހޭ ކާޑުތަކާއި ވަގުތީ ގޮތުން ހަދާ ކާޑުތައް ގަވައިދުން ތައްޔާރުކޮށް އެމުވައްޒަފުން ނުވަތަ އެފަރާތްތަކާއި ހަވާލުކޮށް ކާޑުގެ ރެކޯޑްތައް ބެލެހެއްޓުން
  • މުވައްޒަފުންގެ ވަޒީފާއާއި ގުޅިގެން ލިޔަންޖެހޭ މެމޯ، ސިޓީ ފަދަ ލިޔެކިޔުންތައް ވެރިއެއްގެ ލަފާގެ މަތިން ތައްޔާރުކޮށް އެފަރާތްތަކާއި ހަވާލކުކޮށް ބޮކްސް ފައިލަށް ލާންޖެހޭ ލިޔުން ބޮކްސްފައިލްކޮށް އަދި ޕާރސަނަލް ފައިލަށް ލާންޖެހޭ ލިޔުންތައް ފައިލްކުރާ މުވައްޒަފާއި ހަވާލުކުރުން.

 

 

މަޤާމުގެ ޝަރުތުތައް:

ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ބިޒްނަސް މެނޭޖްމަންޓް ނުވަތަ ހިއުމަން  ރިސޯސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާސިލްކޮށްފައިވުން.

 

 

   

 

 ވީމާ، މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މެއިލްކުރައްވާނީ ތިރީގައި މިދަންނަވާ ލިޔުންތަކާއެކު  ސިޓީއަކުން 6 ޖޫން 2022 ވާ ހޯމަ ދުވަހުގެ 13:00 [email protected]   އަށެވެ.

  1. މަގާމަށް އެދި ހުށަހުއްވާ ސިޓީ
  2. ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
    1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
    2. ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓް ކޮށްފައިވާ)
    3. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް (އެޓެސްޓްކޮށްފައިވާ)
    4. މަތީތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. ބާކައުންސިލްގެ ގަވާއިދާ އެއްގޮތަށް  (އެޓެސްޓްކޮށްފައިވާ)

ނޯޓް: އީ-މެއިލްއިން ހުށަހަޅުއްވާނަމަ ވަޒީފާއަށްއެދޭ ފޯމާއެކު ހުރިހާ ޑޮކިއުމެންޓެއް އެއް ފައިލްއަކަށް ޕީޑީއެފްކުރުމަށްފަހު ފައިލުގައި ހުށަހަޅުއްވާ ފަރާތުގެ ނަމާއި މަގާމުގެ ނަން އަދި އައިޑީ ކާޑްނަންބަރު ހިމެނުމަށް ދެންނެވީމެވެ. ފޮނުވާ އީ-މެއިލްތައް މިހޮސްޕިޓަލަށް ލިބުމުން ( އީ-މެއިލް ފޮނުވި މެއިލްއަށް މިހޮސްޕިޓަލަށް މެއިލް ލިބުނު ކަމުގެ މެއިލްއެއް ލިބޭނެއެވެ.)

 30 ޝައްވާލް 1443

  31 މެއި 2022

 

31 މޭ 2022
ހޯދާ