| ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ. | 
| މަޤާމު | އިލެކްޓްރިޝަން | 
| ޑިޕާޓްމަންޓް | މެއިންޓަނެންސް އެންޑް އިންޖިނިއަރިންގ | 
| މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން | އޮފިސަރ
 | 
| މުސާރައާއި ޢިނާޔަތްތައް | މަހަކު -/12,000 އާއި -/ 17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް) | 
| ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން | ކުންފުނިން ކަނޑައަޅާ ތަނެއްގައި | 
| ބޭނުންވާ އަދަދު | 01 | 
| ޝަރުޠު | 
ކަރަންޓް ވަޔަރކުރުމުގެ ހުއްދަ އޮތުމާއި އެކު މަޤާމާއި ގުޅޭ ދާއިރާއެއްގައި 01 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން.މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.މީހުންނާ ގުޅިގެން އެކުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން.ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. | 
| މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް | 
ކޯޕަރޭޝަންގެ ބޭނުމަށް ހިންގޭ އޮފީސްތަކާއި އޮފަރޭޝަން ސައިޓްތަކާއި އަދި އެހެންވެސް ތަންތަނަށް ބޭނުންވާ ކަރަންޓް ވަޔަރިން އެޅުންކަރަންޓް ވަޔަރިންގައި ބޭނުންކުރާ ވަސީލަތްތަކާއި އަލާތަށް ރަނގަޅަށް ބެލެހެއްޓުން، އަދި ސްޓޮކް ބެލެހެއްޓުމާއި މަދުވާ ތަކެތި ކަނޑައެޅިފައިވާ އުސޫލުން ހޯދުން.ކަރަންޓް ވަޔަރުކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތައް ބެލުމާއި ކޯޕަރޭޝަންގައި ބޭނުންކުރާ ވަޔަރިން ނުވަތަ އަޅާފައިވާ ވަޔަރިން އެފަދަ މިންގަނޑުތަކަށް ފެތޭތޯ ބަލައި މޮނިޓަރކުރުން.ކޯޕަރޭޝަންގައި ބޭނުންކުރާ ކަރަންޓް ވަޔަރިންގ ކުރެހުންތަކާއި ލިޔެކިޔުންތައް ތައްޔާރުކުރުމާއި ރައްކާތެރިކޮށް ބެލެހެއްޓުން.ކޯޕަރޭޝަންގެ ޕަވަރ ޕްލާންޓް ފަދަ ތަންތަނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.އޮޕަރޭޝަންސްގެ މަސައްކަތަށް ބުރޫނާރާނެ ފަދަ ގޮތަކަށް ކަރަންޓް ވަޔަރިން، ރިޕެއަރ އަދި މެއިންޓެނަންސްގެ މަސައްކަތްތައް ކުރިއަށްގެންދިއުން.ކޯޕަރޭޝަންސްގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.ކޯޕަރޭޝަންގެ މަޤްޞަދުތައް ހާސިލުކުރުމަށް އޮފީހުގެ އެހެންނިހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން. 9. މިނޫންވެސް ކޯޕަރޭޝަނުން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން. | 
| ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: | 
މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.އިންޓަރވިއު | 
| ހުށަހަޅަންޖެހޭ ތަކެތި:   | 
ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރުލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ | 
| ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން: | 2022 ޖޫން 01 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން ނުވަތަ [email protected] އަށް މެއިލްކުރުން. | 
| އިންޓަރވިއު: | - އިންޓަރވިއުއާއި އިމްތިޙާނުކުރުން 2022 ޖޫން މަސްތެރޭގައި ކުރިއަށް ގެންދެވޭނެއެވެ. | 
| އިތުރު މަޢުލޫމާތު: | ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ. | 
| 28 ޝަޢްވާލު 1443 29 މެއި 2022 |