ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ގދ.ފިޔޯރީ މެޖިސްޓްރޭޓް ކޯޓް ހިގަމުންދާ އިމާރާތް ބަދަލުކުރުމަށް ކުރަންޖެހޭ މަރާމާތު ކުރުން ކޮއްދޭނެ ފަރާތެއް ހޯދުން

މިކޯޓު ހިންގުން ގދ. ފިޔޯރީ ރައްވެހިގެއަށް ބަދަލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ބައެއް މަރާމާތު ކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިޢުލާނާއި އެޓޭޗްކުރެވިފައިވާނެއެވެ. މަސައްކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކަން 29 މެއި 2022 އިން 31 މެއި 2022 ދެމެދު ކޮންމެ ދުވަހަކު 10:00 އިން 11:00 މިކޯޓުގެ ކައުންޓަރަށް ވަޑައިގަތުމުން މަސައްކަތް ކުރާ ސައިޓް ބަލައިލުމުގެ ފުރުސަތު ދެވޭނެއެވެ.

ވީމާ، މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މެއި 2022 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން މިކޯޓަށް ކޯޓޭޝަން ހުށައެޅުން އެދެމެވެ.

29 މޭ 2022
ހޯދާ