ދިވެހިރާއްޖެ
އަންދާސީހިސާބުބޭނުންވެއްޖެ
ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ތައްޔާރުކޮށްފައިވާ "ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަރިކައިގެ ޤާނޫން" ގެ ދެލި ކޮޕީ ޤާނޫނީ ހަމަތަކަށް ފައްތައިދީ، ބޭރު ބައެއް އެހެން ޤައުމުތަކުގެ ސަގާފީ އަދި އާސަރީ ތަރިކަ ރައްކާތެރިކުރުމުގެ ޤާނޫނުތަކާއި، މި ދާއިރާއާ ގުޅުންހުރި ދިވެހިރާއްޖޭގެ އެހެން ޤާނޫނުތައް ބަލައި ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށްގެން، އިޞްލާޙުކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
| 
 | ތަން | ދުވަސް | ތާރީޚު | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް | ބުރާސްފަތި | 25 ސެޕްޓެންބަރު 2014 | 11:00 | 
| އަންދާސީހިސާބު ހުށަހެޅުން | ޑިޕާޓްމަންޓް އޮފް ހެރިޓޭޖް | އަންގާރަ | 30 ސެޕްޓެންބަރު 2014 | 11:00 | 
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވާ ފަރާތްތަކަށެވެ. ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއްނުވެއެވެ.
21 ޛުލްޤަޢިދާ 1435
 
                    