ދިވެހިރާއްޖެ
ބ.އޭދަފުށި ކައުންސިލްގެ އިދާރާގެ ލޯގޯ އަދި ދިދަ ފަރުމާކުރުމުގެ މުބާރާތުގެ މަޢުލޫމާތު ކަރުދާސް
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލް އިދާރާގެ ސިއްކަ (ލޯގޯ) އަދި ދިދަ ފަރުމާކުރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- 1. ލޯގޯ އަދި ދިދަ ފަރުމާ ކުރުމުގެ މަޤުސަދު:
1.1. ބ. އޭދަފުށި ކައުންސިލްގެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޙަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތުތަކުގައި ކައުންސިލުގެ ނަމުގައި ލޯގޯ އަދި ދިދައެއް ފަރުމާކޮށް ބޭނުންކުރުން.
1.2. ބ. އޭދަފުށީގެ ލޯގޯ އަދި ދިދައަކީ ވިޔަފާރިތަކުގައި ޙާއްސަކޮށް ކުޅިވަރުގަ އާއި ލޯކަލް ޓްއަރިޒަމްގެ ދާއިރާގައި އިސްތިހާރު ކުރުމަށް ބޭނުންކުރެވޭ ލޯގޯ އަދި ދިދައެއް ގޮތުގައި ވެގެންދިއުން.
1.3. ރަށުގެ އެކި މުވައްސަސާތަކާއި، ކުންފުނިތަކާއި، އ.ތ.މ ކޮމެޓީއާއި ކުލަބްޖަމިއްޔާ ޖަމާއަތްތަކުގެ ލިޔެކިޔުންތަކުގައި އޭދަފުށީގެ ލޯގޯ ބޭނުންކުރުން.
- 2. ލޯގޯ އަދި ދިދަ ފަރުމާ ކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް:
2.1. ހުށަހަޅާ ލޯގޯ އަދި ދިދައަކީ މީގެ ކުރިން ޕަބްލިޝްކޮށްފައި ނުވަތަ އެއްވެސް މުބާރާތެއްގައި ބައިވެރިކޮށް އަދި އެއްވެސް ފަރާތަކުން ބޭނުންކޮށްފައިވާ ލޯގޯއަކަށް ނުވުން.
2.2. އޭދަފުށި ރަމްޒުކޮށްދޭފަދަ އުފެއްދުންތެރި އަމިއްލަ ވަންތަ ލޯގޯ އަދި ދިދައަކަށްވުން. (އޭދަފުއްޓަށް ޙާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯ އަދި ދިދައަކަށްވުން.)
2.3. ލޯގޯ އަދި ދިދައިން ރަމްޒު ކޮށްދެނީ ކޮންކަމެއްކަމާއި، ލޯގޯ އަދި ދިދާގައި ހިމެނޭ ކުލަތަކުން ރަމްޒުކޮށްދޭ މާނަ ހުށަހަޅައިފައިވުން. ލޯގޯ އަދި ދިދަ ފަރުމަކުރުމުގައި މައިގަނޑުގޮތެއްގައި ބޭނުންކުރަންވާނީ "ޓީލް ބުލޫ" (Teal Blue) ކުލައެވެ. (ކުލަ ކޯޑު 008080#) މި ކުލައިގެ އިތުރުން "ޓީލް ބުލޫ" އާއި ގުޅޭ އެހެން ކުލައެއް، ޑިޒައިން އާއި ގުޅޭނަމަ ބޭނުން ކުރެވިދާއެވެ.
2.4. ލޯގޯ ފަރުމާ ކުރުމުގައި ދިދަ އާއި ގުޅޭ ގޮތަށް ފަރުމާ ކުރުމުގައި ސަމާލުކަން ދޭންވާނެއެވެ.
2.5. ލޯގޯ އާއި ދިދަ އަކީ އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ ލޯގޯއެއް އަދި ދިދައަކަށް ވެގެން ނުވާނެއެވެ.
2.6. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ، ލެޓަހެޑް، ބިޒްނަސް ކާޑް، ޔުނިފޯމް، ޓީޝާރޓް އަދި ދިދަ ފަދަ ތަކެތީގައިވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށެވެ.
2.7. ލޯގޯއަކީ ލަކުޑި ނުވަތަ ފައިބަރު ފަދަ މަޢުދަނުގައި ފަސޭހައިން ކަނޑާނެގޭ އަދި ރޮދިން ފަސޭހައިން އެމްބްރޮއިޑްކުރެވޭ ގޮތަށް ފަރުމާކުރެފައިވާ ލޯގޯއަކަށް ވާންޖެހޭނެއެވެ.
2.8. ލޯގޯއާއި ދިދަގައި ހިމެނޭ ކޮންމެ ކުލައަކުން ރަމްޒުކޮށްދޭ މާނަ ހުށައަޅަންވާނެއެވެ. އަދި ލޯގޯއާއި ދިދައިން ރަމްޒުކޮށްދޭ އެއްޗެއް ތަފްޞީލްކޮށް ބަޔާންކުރަން ވާނެއެވެ.
2.9. ހުށައަޅާ ލޯގޯ 20mm x 20mm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ގެއްލިގެންނުވާނެއެވެ.
2.10. ދިދައިގެ މިނަކީ 3 x 5 ގެ ރޭޝިއޯއެވެ.
2.11. ލޯގޯ އަދި ދިދަ ފަރުމާކުރާއިރު ކައުންސިލްގެ ނަން ލޯގޯ އަދި ދިދާގައި ބޭނުންކުރުން.
( މިގޮތުން ދިވެހިބަހުން "މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ"
އަދި އިނގެރޭސިން “Secretariat of the South Maalhosmadulu Eydhafushi Council” ބޭނުންކޮށް ވަކިވަކިން ލިޔެފައިވާ ލޯގޯ އަދި ދިދައަކަށްވުން.)
2.12. ލޯގޯ އަދި ދިދަ ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ ފޮންޓާއި ފޮންޓްސައިޒް ހުށަހަޅާފައިވުން.
2.13. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ 600dpi ނުވަތަ އެއަށްވުރެ މައްޗެވެ.
- 3. ލޯގޯ އަދި ދިދަ ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓްތަކާއި ތަކެތި:
3.1. ލޯގޯ އަދި ދިދައިގެ PNG,PSD އަދި JPGE ފައިލް ހުށަހަޅަންވާނެއެވެ.
3.2. ލޯގޯ އަދި ދިދައިގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯ އަދި ދިދައިގެ ފައިލް ފޯމެޓް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.
3.3. ލޯގޯ އަދި ދިދައިގެ ހައި-ރިޒޮލިއުޝަންގެ ސޮފްޓު އަދި ހާޑް ކޮޕީ ޕްރިންޓް ފައިލެއް ހުށަހަޅަންވާނެއެވެ.
3.4. ލޯގޯ އަދި ދިދަ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG ފޯމެޓަށެވެ.
3.5. ލޯގޯ އަދި ދިދައިގެ ފުރިހަމަ ކޮޕީ ރައިޓްސް ލިބިފައިވާ ފަރާތެއްކަމަށާއި އަދި ލޯގޯ އެއްވަނައަށް ގޮސްފިނަމަ އެ ލޯގޯ އަދި ދިދައިގެ ފުރިހަމަ ކޮޕީ ރައިޓްސް ބ. އޭދަފުށި ކައުންސިލަށް ހަވާލުކުރުމާމެދު އެއްވެސް އިއުތިރާޟެއްނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީ
3.6. ލޯގޯ އަދި ދިދަ ހުށަހަޅާ ފަރާތުގެ ނަން، އައިޑީކާޑުގެ ކޮޕީ، އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު ސިޓީގައި ބަޔާންކޮށްފައިވުން.
- 4. ލޯގޯ އަދި ދިދައަށް ވަނަ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތަކާއި އިނާމް:
4.1. ލޯގޯ އަދި ދިދަ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.
4.2. ލޯގޯ އަދި ދިދަ ފަރުމާތަކަށް އިންސާފްކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.
4.3. ލޯގޯ އަދި ދިދަ ޓެކްނިކަލް ފެންވަރާއި ކޮލެޓީ މިންވަރު.
4.4. ބ. އޭދަފުށީ ރަމްޒުކޮށްދޭ މިންވަރު.
- 5. އެއްވަނައަށް ހޮވާ ލޯގޯ އަދި ދިދަ:
5.1. އެއްވަނައަށް ހޮވޭ ލޯގޯ އަދި ދިދައަކަށް: 10000ރ (ދިހަހާސް ރުފިޔާ) ފައިސާގެ އިނާމުގެ ގޮތުގައި ދެވޭނެއެވެ.
- 6. ލޯގޯ އަދި ދިދަ ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް:
6.1. ބްރޭންޑް ގައިޑްލައިންގެ ހާޑް އަދި ސޮފްޓްކޮޕީ ހުށަހަޅަންވާނެއެވެ.
6.2. ލޯގޯއާއި ދިދަ ހުށައަޅާ ފަރާތަކީ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގުރާރެއް ހުށަހަޅަން ވާނެއެވެ.
6.3. ލޯގޯއާއި ދިދަ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑުގެ ސްކޭން ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލޯގޯއާއެކު ކައުންސިލަށް ހުށަހަޅަންވާނެއެވެ.
6.4. މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯއާއި ދިދަ ސޮފްޓް ކޮޕީ، ހާޑްކޮޕީ ، އިއުތިރާޟެއްނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް 2022 ޖޫން 30 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ހުށަހެޅުންތައް ހުށަހަޅާނީ ކައުންސިލް އިދާރާގެ ތިރީގައިވާ އީމެއިލްއަށެވެ. @eydhafushi.gov.mvzaid.ali
6.5. އިތުރު މައުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ 7740374 .
- 7. ކޮމިޓީ އެކުލަވާލުމާއި މާރކްސް ދެވޭ މިންގަނޑުތައް:
7.1. ކޮމިޓީ އެކުލަވާލެވިގެންދާނީ ތިރީގައިވާ ގޮތަށެވެ.
- ކައުންސިލް މެންބަރުން
- ކައުންސިލް އިދާރާގެ އެގްޒެކްޓިވްއެއް
- ކައުންސިލް އިދާރާގެ މުވައްޒަފެއް
- ކައުންސިލުން ކަނޑައަޅާ ފަންނީ ދެ ބޭފުޅެއް
7.2. މާރކްސް ދެވޭ މިންގަނޑުތަކަކީ:
- ރަމްޒުކޮށްދިނުމަށް %75
- ފަރުމާކުރުމުގެ ފުރިހަމަކަމަށް %20
- ކުލަތައް ހިޔާރުކުރުމުގެ ފުރިހަމަކަމަށް %5
26 މޭ 2022
