| މަޤާމް: | އެސިސްޓެންޓް ސިވިލް އޮފިސަރ | 
| ބޭނުންވާ އަދަދު: | 1 | 
| މަޤާމުގެ ގިންތި: | ދާއިމީ | 
| ރޭންކް: | ސީ 2 | 
| ކްލެސިފިކޭޝަން: | އޮޕަރޭޝަނަލް ސިވިލް އޮފިސަރސް | 
| އަސާސީ މުސާރަ: | މަހަކު -/5,400 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު -/3,500ރުފޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް: | މަހަކު -/2,430ރުފޔާ | 
| މަސައްކަތް ކުރަންޖެހޭ ތަން:  | ޕެރޯލް އޮފީސް (ހެޑް އޮފީސް) | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ޕެރޯލް އޮފީހުގެ ލިޔުންތަށް ރައްކާތެރި ކަމާއެކު މެނޭޖްކޮށް ބެލެހެއްޓުންރަސްމީ އިދާރާ ތަކުން ފޮނުވާ ސިޓީ ތަކަށް ޖަވާބު ދިނުންޕެރޯލް އޮފީހުގެ އެންޓްރީ ބެލެހެއްޓުންޕެރޯލް އޮފީހުގެ އެންމެހާ ރަޖިސްޓްރީތަކާއި ތަފާތް ހިސާބު ބެލެހެއްޓުންޤައިދީން އަދި އަމިއްލަ ފަރާތްތަކުން ފޮނުވާ ސިޓީތަކާއި ޝަކުވާ ފޯމްތަށް ޖަވާބު ދިނުންޕެރޯލް އޮފީހަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމަށް އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުންޕެރޯލް އޮފީހިގެ ޔައުމިއްޔާ އަދި ޕެރޯލް އޮފީހުގެ ބައްދަލުވުންތަކުގައި ޔައުމިއްޔާ ލިޔެ ބެލެހެއްޓުންޑައިރެކްޓަރ އޮފް ޕެރޯލް އޮފީސް އަންގަވާ އެންމެހައި ރަސްމީ މަސައްކަތް ކުރުން | 
| ފެންވަރު ނުވަތަ ޝަރުތު:                    ވަޒީފާއާއި ގުޅޭ ދާއިރާތަށް:                 މަޤާމުގެ ތަޢުލީމީ ރޮގުތަށް:       | މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 06 މަސް ދުވަހުގެ ތަޖުރިބާ ލިބިފައިވުން  ނުވަތަ،ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއި އެކު  މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ ދުވަހުގެ ތަޖުރިބާ ލިބިފައިވުން.މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30 (ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވުން.ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.   
 މެނޭޖްމަންޓް ދާއިރާއެޑްމިނިސްޓްރޭޝަން ދާއިރާހިއުމަން ރިސޯސް ދާއިރާލީގަލް ދާއިރާ   
މެނޭޖްމަންޓްއެޑްމިނިސްޓްރޭޝަންހިއުމަން ރިސޯސްލީގަލް | 
| ހުށަހަޅަންޖެހޭ ލިޔުންތައް: | 
ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މިފޯމް މި ކަރެކްޝަނަލް ސަރވިސްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭ ގޮތަށް)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތަށް ކިޔަން އެނގޭ ފަދަ ކޮޕީއެއް 
ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލުކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.ޕޮލިސް ރިޕޯޓް (4 މަސް ހަމަނުވާ)   | 
| ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް: | 
އަސާސީ ތައުލީމާއި ތަމްތީން ޝަރުތު ހަމަވުން (ސާޅިސް ޕަސެންޓް)އަސާސީ ޝަރުތުގެ  އިތުރަށް ލިބިފަޢިވާ ތަޢުލީމް (ދިހަ ޕަސެންޓް)އަސާސީ ޝަރުތުގެ އިތުރަށް ލިބިފައިވާ މަސައްކަތު ތަޖުރިބާ (ފަސް ޕަސެންޓް)އެސެސްމަންޓް (ދިހަ ޕަސެންޓް)މަސައްކަތަށް ގާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން (ތިރީސް ފަސް ޕަސެންޓް) | 
| މަޤާމަށް އެދެންވާ ގޮތް:  | މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 02 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ނިޔަލަށް [email protected] ނުވަތަ [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ. 
ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ.   | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | 
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | 
| އިތުރު މަޢުލޫމާތު ސާފުކުރުމަށް:   | 
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. އަދި އެޕްލިކޭޝަން ލިބުނުކަން ޔަގީން ކުރުމަށް ގުޅާނީ 3026143 އަދި 3026142 އަށެވެ.އީމެއިލް އިން ފޮނުވާ އެޕްލިކޭޝަން ފޯމް ލިބުމުން، ފޮނުވި މެއިލްއަށް ރިޕްލައި މެއިލް ދާނެއެވެ. | 
| (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކް ކުރުމަކީ ފޯމް ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މެއިލް ލިބުނުކަން ޔަޤީން ނުކުރާ ފަރާތްތަކުގެ މެއިލް އެއްވެސް ސަބަބަކާ ހުރެ ރިސީވް ނުވާ ނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން ފަހުން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.) |