ދިވެހިރާއްޖެ
ސްޓެލްކޯއިން ފޯރުކޮށްދޭ ނަރުދަމާ ޚިދުމަތާ ބެހޭ:
މި ކުންފުނިން ނަރުދަމާގެ ޚިދުމަތް ދެމުންއަންނަ ރައްރަށުގައި ސިނާއީ މަސައްކަތްކުރާ ބައެއް ތަންތަނުގެ ވޭސްޓް ވޯޓަރއާއި ޢިމާރާތްތަކުގެ ފުރާޅު ދިޔަދޮވީގެ ފެން ނަރުދަމާއަށް ގުޅުމުގެ ސަބަބުން، ނަރުދަމާ ނިޒާމު މައްސަލަޖެހި އެ ރައްރަށުގެ މަގުތަކާއި ބައެއް ގެތަކަށްވެސް ނަޖިސްފެން ބޭރުވުމުގެ ހާދިސާތައް އަންނަނީ ތަކުރާރު ވަމުންނެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށްބޮޑެތި ގެއްލުންތައް އަންނަނީ ކުރިމަތި ވަމުންނެވެ. މީގެއިތުރުން މިކަމަކީ ރައްޔިތުންގެ އާންމު ސިއްޙަތަށްވެސް ވަރަށް ނުރައްކާތެރި ހާދިސާތަކެއް ކުރިމަތިވެދާނެ ކަމެއްކަން ފާހަގަ ކުރަމެވެ.
ވީމާ، ސިނާއީ މަސައްކަތްކުރާ ތަންތަނުގެ ވޭސްޓް ވޯޓަރއާއި އެއްވެސް އިމާރާތްތަކުގެ ފުރާޅު ދިޔަދޮވީގެ ފެން ނަރުދަމާއަށް ގުޅުމަކީ މަނާކަމެއްކަން އަންގައި އިއުލާން ކުރަމެވެ. އަދި މި ކުންފުނީގެ ނަރުދަމާއަށް ގުޅަންޖެހޭ ހުރިހާ ގުޅުންތަކެއްވެސް ގުޅައިދޭނީ މި ކުންފުނިން ކަނޑައަޅާ ގޮތެއްގެމަތީން މި ކުންފުނިން ކަމުގައި ދަންނަވަމެވެ.
