މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސަރވޭލިއަންސް ކެމެރާ ސިސްޓަމެއް ސަޕްލައިކޮށްދީ އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ.

     މިސަރވިސް އަށް ސަރވޭލިއަންސް ކެމެރާ ސިސްޓަމެއް ސަޕްލައިކޮށްދީ އަދި މިއޮފީހުން ދައްކާ ގޮތަށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

     ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 22 ވާ ހޯމަ ދުވަހުގެ 10:30 އަށް ހުޅުލޭގައި (އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި) ހުންނަ މިސަރވިސް (މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 ސެޕްޓެންބަރު 29 ވާ ހޯމަ ދުވަހުގެ 10:30 އަށް މިސަރވިސްއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ