މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ކައްދޫ މެޓްއޮފީހުގެ މަރާމާތުތައް ކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

ލ.ކައްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކައްދޫ މެޓްއޮފީހުގެ ތިރީގައި މިވާ މަރާމާތުތައް ކުރުމަށް ބޭނުންވެއެވެ.

  1. އޮފީހުގެ ބޮޑު ދޮރު ބަދަލުކުރުން.
  2. އޮފީހުގެ ކުޑަ ދޮރުތައް ބަދަލުކުރުން.
  3. އެޑްމިން ބަޔާއި ސައިކޮޓަރި އަދި ފާޚާނާގެ ދޮރާއި ދޮރުފަތް ބަދަލުކުރުން.
  4. ގުދަނުގެ ދޮރުފަތް ބަދަލުކުރުން.
  5. އޮފީހުގެ ސީލިންގ މަރާމާތު ކުރުން.
  6. އިމާރާތުގައި ކުލަޔާއި ދަވާދުލުން.
  7. އޮފީހުގައި ހަރުކޮށްފައިވާ 1 ފެންލައިޓް ނެގުމާއި ފާރުގައިވާ އިލެކްޓްރިކަލް 4 ސްވިޗް ބަދަލުކުރުން.
  8. ސައިކޮޓަރީގައި ސިންކް ހަރުކުރުމާއި ފާރުގެ ބައެއްގައި މުށިޖެހުން.
  9. އެގްޒޯސްޓް ފޭނެއް ހަރުކުރުން.

ވީމާ، މަތީގައިވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2014 ސެޕްޓެންބަރު 25 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ލ.ކައްދޫ ރީޖަނަލް އެއަރޕޯޓްގައި ހުންނަ ކައްދޫ މެޓްއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2014 އޮކްޓޫބަރު 02 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކައްދޫ މެޓްއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

23 ޛުލްޤަޢިދާ 1435

18 ސެޕްޓެންބަރު 2014
ހޯދާ