އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިމަންދޫ ކައުންސިލަށް ޕިކަޕެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

ހިމަންދޫ ކައުންސިލަށް ޕިކަޕެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ

 

 

 

 

 

ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 

  1. މި ކައުންސިލަށް 2 ޓަނުގެ ޕިކަޕެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ބޭނުންވެއެވެ. ޕިކަޕް ސަޕްލައި ކޮށްދިނުމަށް ސަޢުޤުވެރިވާ ފަރާތްތަކުން 2022 ޖޫން 09 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާ ކުރާ މާލަމުގައި އޮންނަ ބިޑް ކޮމިޓީ ބައްދަލުވުމަށް ދުރުވެ ތިރީގައި ހިއްސާ ކުރެވިފައިވާ މަޢުލޫމާތަށް ބަލައި ބިޑް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ . އަދި އިސްވެދެންނެވުނު ގަޑީގައި ބިޑު ކެނޑުން ބިޑް ހުށަހެޅި ފަރާތްތަކުގެ ހާސިރުގައި އޮންނާނެއެވެ.

 

  1. 2.   ބޭނުންވާ އުޅަނދުގެ މަޢުލޫމާތު

 

  1. ޕިކަޕް ( އެކެއް )

ޓަނޭޖް: 2 ( ދޭއް )

ބްރޭޑް: ޓޮޔޮޓާ، ނިސާން، އިސުޒު، މިޓްސުބުސީ، މަޒްޑާ، ހިނޯ.

އުފެއްދި ތާރީޚް: 2015 ނުވަތަ 2015 އަށްވުރެ ފަސް

ޕަވަރގޭޓް

ކުލަ: ހުދު

އިންޖިން ކެޕޭސިޓީ: 3660 ސީސީ ނުވަތަ އެއަށްވުރެ މަތި

ހަކަތައިގެ ބާވަތް: ޑީސަލް

ޓްރާންސްމިޝަން ޓައިޕް: މެނުއަލް

ހުންގާނު ޕޮޒިޝަން: ކަނާތްފަރާތު ހުންގާނު

ކޮންޑިޝަން: ރީކޮންޑިޝަންޑް

އޮރިޖިން: ޖަޕާން

އެއަރކޮންޑިޝަނަރ، ހީޓް ބްލޯވަރ، ކޮމް ސެޓް

ޑްރަމް ސައިޒް: 16

ރިއަރ ވީލް: ޑުއެލް

ފުރޮޅު: 7 ފުރޮޅު (ފަހަތްކޮޅުގައި 4 ފުރޮޅު، ކުރީކޮޅުގައި 2 ފުރޮޅު އަދި ރިޒާވް 1 ފުރޮޅު)

.3 އިތުރު މަޢުލޫމާތު  

*      މި ޕްރޮޖެކްޓްގައި ސަޕްލައިކޮށްދޭ ޕިކަޕް، އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްދޭން ވާނެއެވެ.

*    ރަޖިސްޓްރޭޝަނާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ސަޕްލަޔަރ ދައްކައިދިނުން.

*     ޕިކަޕް އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލާއި ހަމައަށް ޑެލިވަރކުރުން

 .4ބިޑް ރަޖިސްޓްރޭޝަން

2022 ޖޫން 08 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

 

  1. ވިޔަފާރީގެ ނަން
  2. ވިޔަފާރި ރަޖިސްޓްރީ ނަންބަރު
  3. ވެރިފަރާތުގެ ނަން
  4. ވެރިފަރާތާއި ގުޅޭނެ ނަންބަރު
  5. އީމެއިލް އެޑްރެސް

 

5         އަގު ހުށަހަޅަންވީ ގޮތް:

  1. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  2. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  3. ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

" ޕިކަޕް ގަތުން "

އަރިއަތޮޅު އުތުރުބުރީ ހިމަންދޫ ކައުންސިލްގެ އިދާރާ

އއ.ހިމަންދޫ/ ދިވެހިރާއްޖެ

 

  1. 6.       ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
  2. ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  3. ވިޔަފާރީގެ ޕްރޮފައިލް ( މަޢުލޫމާތު ފޯމް ) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ
  4. އަންދާސީ ހިސާބު ހުށަހަޅާ ފޯމް (މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ )

 

 

  1. 7.      ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

-          އަގު %75

-          މުއްދަތު %5

-     ތަޖުރިބާ % 5

-          ވޮރަންޓީ (ވޮރަންޓީ 1 އަހަރަށްވުރެ ކުރުނަމަ ޕޮއިންޓެއް ނުލިބޭނެއެވެ. 1 އަހަރާއި 2 އަހަރާއި ދެމެދުނަމަ، 5 ޕޮއިންޓް، 2 އަހަރު ނުވަތަ އެއަށްވުރެ އިތުރުނަމަ، 10 ޕޮއިންޓް)

-          ވޮރަންޓީގެ މުއްދަތުގައި މަރާމާތު ކުރެވޭނެ ނުވަތަ ދޭނެ ޚިދުމަތްތައް ވޮރަންޓީ ލިޔުމުގައި ހިމަނަންވާނެއެވެ.

-          ވެހިކަލްގެ ޢުމުރު (2022 ވަނަ އަހަރުނަމަ 15 ޕޮއިންޓް، 2021 ވަނަ އަހަރުނަމަ 9 ޕޮއިންޓް، 2020 ވަނަ އަހަރުނަމަ 8 ޕޮއިންޓް، 2019 ވަނަ އަހަރުނަމަ 7 ޕޮއިންޓް، 2018 ވަނަ އަހަރުނަމަ 6 ޕޮއިންޓް، 2017 ވަނަ އަހަރުނަމަ 5 ޕޮއިންޓް، 2016 ވަނަ އަހަރުނަމަ 3 ޕޮއިންޓް، 2015 ވަނަ އަހަރުނަމަ 1 ޕޮއިންޓް)

  1. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
  2. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތެވެ.
  3. އަންދާސީ ހިސާބު އިވެލުވޭޓްކުރުމުގައި އެންމެ ދިގު ވޮރަންޓީ މުއްދަތު، ވޮރަންޓީގެ ބެންޗްމާކުގެ ގޮތުގައި ބަލާނެއެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

 

  1. 6.      އިތުރު މަޢުލޫމާތު ސާފުކުރުން
  2. މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 ޖޫން 08 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected] 

  1. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
  2. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

25 މޭ 2022
ހޯދާ