މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިއުލާން

އިއުލާން

   1443 ވަނަ އަހަރު ދިވެހި ރާއްޖެއަށް ލިބިފައިވާ ޙައްޖު ކޯޓާގެ ތެރެއިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ކަނޑައަޅާފައިވާ ޙައްޖުކޯޓާ އިން، ޙައްޖު ޖާގަ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަށް ޖާގަ ހަމަޖެއްސުމުގައި ޢަމަލުކުރުމަށް ނިންމާފައިވާގޮތް ތިރީގައި އެވަނީއެވެ.

  1. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ 'ޙައްޖު އަދި ޢުމްރާގެ ޚިދުމަތް ހޯދުމާއި ބެހޭ އުސޫލު' ގައި ބަޔާން ކޮށްފައިވާ ގޮތަށް ތަރުތީބުން ޖާގަ ދޫކުރެވޭނެއެވެ.
  2. ޖާގަ ލިބޭ ފަރާތްތަކަށް ޙައްޖު ދައުވަތުގެ ލިޔުމެއް ދެވޭނެއެވެ. ދައުވަތު ގަބޫލުކުރުމަށް ފުރިހަމަކުރަންޖެހޭ ފޯމުގައި ޖާގަ ބަލައިގަންނަކަމަށް ފާހަގަ ޖައްސަވާ ސޮއިކުރުމަށްފަހު ފޯމު ހުށަހެޅުއްވުމުން ޖާގަ ގަބޫލުކުރެވުނީއެވެ.
  3. މިއަހަރު ޙައްޖުވުމުގެ ފުރުސަތު ދެވޭނީ ޙައްޖު ޖާގަ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ދަށުގެ ފަރާތްތަކަށެވެ.

 

ކޮވިޑް ވެކްސިން ފުރިހަމަކުރުން:

    ސައޫދީ އަރަބިއާގެ ގަވާއިދުތަކާއި އެއްގޮތަށް މިއަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކީ ވެސް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވާން ވާނެ އެވެ.

 

ވީމާ މިކަން އަންގާ އިޢުލާނު ކުރީމެވެ.

23 ޝައްވާލް 1443

24  މެއި   2022

24 މޭ 2022
ހޯދާ