ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖެނެރަލް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

މަޤާމް:

ޖެނެރަލް މެނޭޖަރ

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮޕްޓްވެއަރ އިންޖިނިއަރިންގ ޑިޕާޓްމަންޓް

ބޭނުންވާ ޢަދަދު:

01

މުސާރަ:  

-/17،350ރ އާއި -/28،660ރ ދެމެދު

އެހެނިހެން އެލެވަންސް:

މިވަޒީފާއަށް ހޮވޭ ފަރާތަށް އަސާސީ މުސާރައިގެ އިތުރުން ކުންފުނީގައި ހަމަޖެހިފައިވާ އުޞޫލުން އެހެނިހެން އެލަވަންސް ލިބިދެވޭނެއެވެ.

 ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން މާސްޓަރސް ލެވެލް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 03 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 07 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • އިފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއި އެކު މި ދާއިރާގައި އުޅެ މަދުވެގެން 15 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  • ހިންގުމުގެ ދާއިރާގައި މަދުވެގެން 15 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

 

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުންޏަށް އެކަށޭނަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ނިޒާމްތައް ފަރުމާކުރުމާއި ތަޢާރަފްކުރުމާއި، އެ ނިޒާމްތައް ގާއިމްކޮށް ބެލެހެއްޓުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން އަލަށް ތައާރަފްވާ ޓެކްނޮލޮޖީއާއި ވަޞީލަތްތަކާއި އަދި ކަންކަން ކުންފުނީގައި ޤާއިމްކޮށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
  • އިންފޮމޭޝަން ޓެކްނޮލޮޖީގެ ރޮގުން ކުންފުނީގެ މަސައްކަތްތަކަށް ބޭނުންވާ ސޮފްޓްވެއަރ ޕްރޮގްރާމްތައް ތައްޔާރުކޮށް ދާއިރާތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުމުގެ ކަންކަން ރާވާ ހިންގުން.
  • ކުންފުނީގެ ރިކުއަރމަންޓާއި އެއްގޮތަށް އައިޓީ ސޮފްޓްވެއަރ އަދި ހާރޑްވެއަރ ހޯދުމާއި، އެތަކެތި މަރާމާތުކުރުމުގެ މަސައްކަތް ބެލެހެއްޓުން.
  • މަސައްކަތުގެ މާހައުލުގައި ބޭނުންކުރާ ޕްރޮގްރާމްތަކާއި ސޮފްޓްވެއަރތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެއަށް ބޭނުންވާ ލައިސެންސްތަކާއި އެހެނިހެން އިންތިޒާމްތައް ހަމަޖެއްސުން.
  • ހިންގުމުގެ އޮނިގަނޑާއި އެއްގޮތްވާ ގޮތުގެމަތިން ޑިޕާޓްމަންޓްގެ ދާއިރާގެ ހުރިހާކަމެއް ހިންގައި ބެލެހެއްޓުމާއި، ޑިޕާޓްމަންޓުގެ މުވައްޒަފުން އެކިކަންކަމުގައި މުޢާމަލާތު ކުރާގޮތާއި، މަސައްކަތުގެ އަޚްލާޤް ކުންފުނީގެ ޤަވާޢިދުތަކާއި އުޞޫލްތަކާއި، އަދި ތަޞައްވުރާއި އެއްގޮތްވާ ގޮތުގެމަތިން ހިންގުމާއި، ހަމަޖެހިފައިވާ އުޞޫލްތަކާއި ޚިލާފަށް ހިގާ ކަންކަން އިޞްލާޙު ކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

 29 މޭ 2022 ވަނަ ދުވަހުގެ 15.00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުނީގެ ހެޑް އޮފީހުގެ ރިސެޕްޝަނަށް ނުވަތަ [email protected]  އަށް  29  މޭ 2022 ވަނަ ދުވަހުގެ  ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

 

22 ޝައްވާލް 1443

23   މޭ  2022

23 މޭ 2022
ހޯދާ