ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޓެކްނިކަލް ސަޕޯރޓް އޮފިސަރ
ބޭނުންވާ އަދަދު :2

މަޤާމުގެ ކްލެސިފިކޭޝަން: ހަޔަރ ޓެކްނިކަލް ސަޕޯރޓް އޮފިސަރ

މުސާރަ:

- އަސާސީ މުސާރަ:  -/7،000 ރުފިޔާ

އިތުރު ޢިނާޔަތްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު: -/2،700 ރުފިޔާ

- ނޮން-ޕްރެކްޓިސް އެލަވަންސް (އަސާސީ މުސާރައިގެ %35): -/2،450 ރުފިޔާ

- އިތުރުގަޑީގައި މަސައްކަތް ކުރަން ޖެހިގެން މަސައްކަތް ކޮށްފިނަމަ ގިނަވަގެން މަހަކު (އަސާސީ މުސާރައިގެ %60): -/4،200 ރުފިޔާ

- ކެއުމާއި ބޭސްފަރުވާ ކުރުން

މަޤާމުގެ ޝަރުތު:

- ކޮންސްޓްރަކްޝަން މެނޭޖްމަންޓް ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 07 ގެ ސަނަދެއް ހާޞިލުކޮށްފައިވުން. ނުވަތަ،

- ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ ނުވަތަ ސިވިލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާޞިލުކޮށްފައިވުމާއި އެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. 

އިތުރު މަޢުލޫމާތު:

- މި މަޤާމަށް އެދި ފޯމް ހުށަހަޅާ ފަރާތަކީ ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހެއްނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީއިން އުނިވާން ޖެހޭނެއެވެ.

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން، ކުރެވޭ އިންޓަރވިއު އަދި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

 އެގްރިމެންޓް ކުރެވޭ ޕްރޮޖެކްޓްތަކަށް ކޮންސަލްޓެންސީ ދިނުމާއި ޕްރޮޖެކްޓްގެ މަސައްކަތްތައް ރާވައި ހިންގުން.

-  ޕްރޮޖެކްޓްތައް ކުރިއަށް ދަނީ ވޯކް ޝެޑިއުލައާއި އެއްގޮތައްތޯ ބަލައި މޮނިޓަރ ކުރުން.

- ޕްރޮޖެކްޓްއާއި ގުޅުންހުރި ޑޮކިއުމަންޓްސްތައް ޤަވާއިދުން ބަލަހައްޓައި ޕްރޮޖެކްޓްތައް ކުރިއައްދާގޮތް ޤަވާއިދުން ރިޕޯރޓްކުރުން.

- ކުރިއަށްދާ ޕްރޮޖެކްޓްތަކުގެ މަސައްކަތް ބެލުމަށްޓަކައި، މާލެ އާއި އަތޮޅުތެރޭގައި ހިންގޭ ޕްރޮޖެކްޓްތަކަށް ސައިޓު ވިޒިޓްކޮށް ޕްރޮޖެކްޓްތަކުގެ ކުއަލިޓީ މެއިންޓެއިން ކުރުން.

- ޕްރޮޖެކްޓް އަޕްޑޭޓް ރިޕޯރޓްތައް ޗެކްކޮށް މަންތްލީ ޕްރޮގްރެސް މީޓިންގތައް ބޭއްވުން.

- ޕްރޮޖެކްޓް ހިނގަމުންދާއިރު ކޮންޓްރެކްޓަރއަށް އަދި ގުޅުންހުރި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީތައް ފޮނުވުމާއި ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

- ޕްރޮޖެކްޓްތައް ހިންގުމުގައި ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލް ކުރެވޭނެ ގޮތަށް މަސައްކަތް ބައްޓަންކުރުން.

- ޕްރޮޖެކްޓްތަކުގެ ބިލްތައް ޗެކްކުރުން.

- ހިންގޭ ޕްރޮޖެކްޓްތަކަށް ކޮންސަލްޓެންސީ ދިނުމަށްޓަކައި ކަނޑައެޅޭ ވަކި މުއްދަތަކަށް ސައިޓުގައި ޤާއިމްވެތިބުން.

މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:

- މަޤާމުގެ މަސައްކަތާއި ގުޅުން ހުރި ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން: ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދާ އަތޮޅުތަކާއި ރަށްރަށުގައި.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ގަޑި:   ރަސްމީ ޑިއުޓީ / ދަންފަޅި ޑިއުޓީ

ހުށަހަޅަންޖެހޭ ލިޔުންތައް:

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް، 

- ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯރޑް ބަލާ ފޯމް،

- ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ،

- ތައުލީމީ ސަނަދު ނުވަތަ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)،

- ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ،

- ނެގިފަހުން 3 މަސް ވެފައިނުވާ އެފަރާތެއްގެ ޕާސްޕޯރޓް ސައިޒުގެ ފޮޓޯ (1 ފޮޓޯ ފޯމުގައި ތަތްކޮށްފައި)،

- ދިވެހި ސިވިލް ސަރވިސް ނުވަތަ އެހެންވެސް ވަޒީފާއެއްގައި ދެމިހުރިމީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ އޮފީހުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން،

- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުން ވަޒީފާ އަދާކުރިކަމުގެ ލިޔުން.

ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2022 ޖޫން 05 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމްތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 ން 16:00 އަށެވެ.

ނޯޓް: ވަޒީފާއަށް އެދި ހުށަހަޅާ ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. މީގެ އިތުރުން ވަޒީފާއަށް އެދި ހުށަހަޅާ ފޯމު އަދި ކުށުގެ ރެކޯރޑް ބަލާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައިވާނެއެވެ.

މިމަޤާމުތަކަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

21 ޝައްވާލް 1443

22 މޭ 2022
ހޯދާ