މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ކޭބަލް އެޅުމަށް ކޯރުކޮނުމާއި ގުޅޭ
                                އިޢުލާން
ކޭބަލް އެޅުމަށް ކޯރުކޮނުމާއި ގުޅޭ
މަގުތަކުގައި ވަޅުލަންޖެހޭ ބައެއް ކޭބަލް ވަޅުލުމަށްޓަކައި، ކޮންޓްރެކްޓް އުސޫލުން 2022 ޑިސެމްބަރ 31ގެ ނިޔަލަށް ކޯރު ކޮނެދޭނެފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
| ބިޑް ރަޖިސްޓްރީ ކުރުން: | 30 މެއި 2022 14:00ގެ ނިޔަލަށް | 
| ބިޑް ރަޖިސްޓްރީ ލިންކު | |
| އަންދާސީ ހިސާބު ހުށަހެޅުން: | 31 މެއި 2022 11:00ށް (އަލިފުށީ ކައުންސިލްގެ އިދާރާގައި) | 
އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. އަދި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހެޅުން އެދެމެވެ.
ތިރީގައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
- ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ އަންދާސީހިސާބުތައް
- ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.
ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް:
މަސައްކަތުގެ އަގަށް: % 100 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 ން މެންދުރުފަހުގެ 14:00 އާ ދެމެދު މިއިދާރާގެ ނަންބަރު 6580021 ފޯނަށެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
             22 މޭ 2022
            
        
                    ހޯދާ  
                
                 
                    