މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސްގެ ސެރެމޯނިއަލް ޔުނީފޯމާއި، އަދި ޔުނީފޯމާއެކު ބޭނުންކުރާ ބުރުގާ އަދި ޓައި ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މި އޮފީހުގެ މުވައްޒަފުންނަށް ސެރެމޯނިއަލް ޔުނިފޯމް އަދި ޔުނިފޯމާއި އެކު ބޭނުންކުރާ ބުރުގާ އަދި ޓައި ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 24 މޭ 2022 ވާ އަންގާރަ ދުވަހުގެ 14:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 29 މޭ 2022 ވާ އާދީއްތަ ދުވަހުގެ 11:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ނުވަތަ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށް އެކަންޏެވެ.

 ބީލަމުގައި ރަޖިސްޓްރީވުމަށް މިއޮފީހުގެ ([email protected]) އީ-މެއިލްއަށް 24 މޭ 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113  / 3334172 ފޯނަށް ގުޅުއްވުން އެދެމެވެ.

19 މޭ 2022
ހޯދާ