ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކޯޕަރޭޝަނުން ހުޅުމާލޭ އިންޑޯ ސްޕޯޓްސް ކޮޕްލެކްސް އިމާރާތުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯ ޝެއާޑް ކިޗެންއާގުޅޭ ޓެކްނިކަލް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

މި ކޯޕަރޭޝަނުން ހުޅުމާލޭ އިންޑޯ ސްޕޯޓްސް ކޮޕްލެކްސް އިމާރާތުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯ ޝެއާޑް ކިޗެންއާގުޅޭ ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

-        ކޯޝެއާޑް ކިޗަންގެ ކަރަންޓު ބޭނުންވާނެގޮތުގެ ސާވޭކޮށް ކަރަންޓުގެ ލޯޑު ކަލްކިއުލޭޓްކުރުމާއި ލައިޓިންގ އަދި ކަރަންޓު ޑިސްޓްރިބިއުޝަން ސިސްޓަމް ފަރުމާކޮށްދިނުން.  

-        ކޯޝެއާޑް ކިޗަންގެ ވެންޓިލޭޝަން، ކޫލިންގ، ގޭސް ބޭންކް، ފަޔަރ ޑިޓެކްޝަން އެންޑް ސަޕްރެޝަން ސިސްޓަމް ގާއިމުކުރުމުގެ ކުރީން ކުރަންޖެހޭ ދިރާސާކޮށް، މި ސިސްޓަމްތައް ޑިޒައިންކޮށް، އޭގެ ކުރެހުން ތައްޔާރުކުރުމާއި، ސިސްޓަމްތައް ހޯދުމަށް ބޭނުންވާ ބިލްސް އޮފް ކުއަންޓިޓީސް އަދި ޓާމްސް އޮފް ރެފަރެންސް ތައްޔާރުކޮށްދިނުން.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.  

      

ތަން

ދުވަސް

ތާރީޚް

ވަގުތު

މަޢުލޫމާތު ސާފުކުރުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، މ. ކަނީރުވިލާ

(ފުރަތަމަ ފަންގިފިލާ)

ބުރާސްފަތި

26 މޭ 2022

10:00

އަންދާސީހިސާބު ހުށަހެޅުން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން،

މ. ކަނީރުވިލާ (ފުރަތަމަ ފަންގިފިލާ)

ހޯމަ

30 މޭ 2022

10:00

ބީލަން ހުޅުވުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ލިބޭ އަންދާސީހިސާބުތަކާއި، މައުލޫމާތު ސާފުކުރުމަށް ބާއްވާ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަތާތްތަކުގެ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.

ބީލަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ނަންބަރު ނުވަތަ އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން

މ. ކަނީރުވިލާ، އޯކިޑް މަގު، މާލެ

ފޯނު: 3305555، 3010613

އީމެއިލް:  [email protected]

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

19 މޭ 2022
ހޯދާ