މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޗީފް ފައިނޭންޝަލް އޮފިސަރ

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                        އިޢުލާން ނަންބަރު: ‭(IUL)MMPRC-HR/1/2022/44

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން: ޗީފް ފައިނޭންޝަލް އޮފިސަރ

މުސާރަ (މަހަކު) : -/23,058 ރުފިޔާ މަހަކު

ސަރވިސް އެލަވަންސް:-/8,070 ރުފިޔާ މަހަކު

ލިވިންގ އެލަވަންސް:-/6,917 ރުފިޔާ މަހަކު

- ޓެކްނިކަލް ކޮލިފިކޭޝަން އެލަވަންސް / ސަޕޯޓިންގ ކޮލިފިކޭޝަން   އެލަވަންސް: ހުށަހަޅާ އެންމެ މަތީ ސަނަދަށް ބިނާކޮށް

- ލެވެލް 9 އަދި އެއަށްވުރެން މަތިން -/1,750 ރުފިޔާ (މަހަކު)

- ލެވެލް 7 އަދި 8 ގެ ސަނަދަކަށް -/1,250 ރުފިޔާ (މަހަކު)

- ލެވެލް 6 އިން ދަށުގެ ސަނަދަކަށް -/750 ރުފިޔާ (މަހަކު)

- އިތުރު ގަޑީގެ ފައިސާ އާއި އެހެނިހެން އެލަވަންސްތައް   ހަމަޖެހިފައިވާ  އުސޫލުގެ ދަށުން

 ޑިޕާރޓްމަންޓް / ސެކްޝަން: ފައިނޭންސް

 ބޭނުންވާ އަދަދު: 1

 1- ޝަރުޠު:

 މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

 ހ. އެސޯސިއޭޝަން އޮފް ޗާރޓަޑް ސަރޓިފައިޑް އެކައުންޓެންޓް (އޭ.ސީ.ސީ.އޭ) ގެ މެންބަރެއްކަމުގައިވުން ނުވަތަ ސަރޓިފައިޑް   ޕްރެކްޓިސިންގ އެކައުންޓެންޓް (ސީ.ޕީ.އޭ) ކަމުގައިވުން، ނުވަތަ ޗާރޓަޑް ބަޕްލިކް އެކައުންޓެންޓްސް (ސީ.ޕީއޭ) ކަމުގައިވުން،   ނުވަތަ ޗާރޓަޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް (ސީ.އައި.އެމް.އޭ) ހާސިލްކޮށްފައިވުން، ނުވަތަ އެނޫންވެސް   އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓެންޓްސް (އައި.އެފް.އޭ.ސީ) އިން ބަލައިގަންނަ ޕްރޮފެޝަނަލް އެކައުންޓިންގ   ބޮޑީއެއްގެ  މެމްބަރއަކަށްވުމާއެކު ތިރީގައި އެވާ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

 1. އެކައުންޓިންގ ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (ފައިނޭންޝަލް އެންޑް ކޯޕަރޭޓް   ރިޕޯޓިންގ ދާއިރާއިން މަދުވެގެން 4 އަހަރުގެ ތަޖުރިބާ ހިމެނޭ ގޮތަށް). އަދި؛

 2. އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 3 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.   އަދި؛

 3. އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.

 (ނުވަތަ)

 ށ. އެކައުންޓިންގ، ފައިނޭންސް ދާއިރާއިން މާސްޓަރސް ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު ތިރީގައި   އެވާ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

 1. އެކައުންޓިންގ ދާއިރާއިން މަދުވެގެން 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (ފައިނޭންޝަލް އެންޑް ކޯޕަރޭޓް   ރިޕޯޓިންގ ދާއިރާއިން މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ހިމެނޭ ގޮތަށް). އަދި؛

 2. އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 3 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.   އަދި؛

 3. އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.

 (ނުވަތަ)

 ނ. އެކައުންޓިންގ، ފައިނޭންސް ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު   ތިރީގައި އެވާ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛

 1. އެކައުންޓިންގ ދާއިރާއިން މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން (ފައިނޭންޝިއަލް އެންޑް   ކޯޕަރޭޓް  ރިޕޯޓިންގ ދާއިރާއިން މަދުވެގެން 5 އަހަރުގެ މަސައްކަތު ތަޖުރިބާ ހިމެނޭ ގޮތަށް). އަދި؛

 2. އެކައުންޓިންގ ދާއިރާގެ ސީނިއަރ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 5 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.   އަދި؛

 3. އައި.އެފް.އާރް.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.

 2.މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މި ކޯޕަރޭޝަން ހިންގުމާއި ޙަވާލުވެ ހުންނަ ވެރިޔާގެ ބެލުމުގެ ދަށުން، ސެކްޝަނުގެ އެންމެހާ މަސައްކަތްތައް ހަރުދަނާގޮތެއްގައި   ރާވާ ހިންގުމާއި ބެލެހެއްޓުން.

- މިކޯޕަރޭޝަނުގެ ފައިނޭންސް ޑިޕާރޓްމަންޓްގެ އެންމެހާ މަސައްކަތްތައް ކޯޕަރޭޝަނުގައި ޢަމަލުކުރާ ޕޮލިސީ އަދި ޕްރޮސީޖަރތަކާއި   އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދިއުމާއި ބެލެހެއްޓުން.

- މިކޯޕަރޭޝަނުގެ ފައިނޭންޝިއަލް ސްޓޭޓްމަންޓްސް، އިންކަމް ސްޓޭޓްމަންޓްސް، ބެލެންސްޝީޓްސް، ޝެއަރހޯލްޑަރ ރިޕޯރޓްސް،   ޓެކްސް ރިޓަރންސް އަދި ސަރުކާރުގެ ކަމާއިގުޅޭ އިދާރާތަކަށް ހުށައަޅަންޖެހޭ ފައިނޭންސްގެ އެންމެހާ ރިޕޯޓްތައް ތައްޔާރުކޮށް   ހުށައެޅުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި މޮނިޓަރކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ ފައިސާއާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެ ސިޔާސަތުތަކާއި، އުސޫލުތަކާއި، މިންގަނޑުތައް   އެކުލަވައިލުމާއި ގުޅޭ އެންމެހާ ކަންތައްތައް މޮނިޓަރކުރުން.

- މި ކޯޕަރޭޝަނުގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭނެ އުސޫލުތައް   އެކުލަވައިލައި ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ ބަޖެޓް ތައްޔާރުކޮށް ޑިރެކްޓަރުންގެ ބޯޑަށް ޕްރެޒެންޓްކުރުން.

- މި ކޯޕަރޭޝަނުގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ބޯޑަށް  ބޭނުންވާ ހިސާބުތައް ތައްޔާރުކުރުން.

- މި ކޯޕަރޭޝަނުގެ ފައިސާގެ މުއާމަލާތުތައް މި ކޯޕަރޭޝަނަށް އެންމެ ފައިދާހުރިގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ފަންނީ ލަފާ   އަދި ހަރުދަނާކުރެވޭނެ ގޮތްތަކުގެ ލަފާ މެނޭޖްމަންޓަށް ދިނުން.

- މި ކޯޕަރޭޝަނުން ކުރިއަށްގެންދާ އެންމެހާ ހަރަކާތްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ހަރަކާތްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ   ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދިއުމުގެ އެންމެހާ މަސައްކަތް މޮނިޓަރކުރުން.

- މި ކޯޕަރޭޝަނުގެ ފައިސާއާ ގުޅުންހުރި އެންމެހާ ލިޔެކިއުންތައް ބަލަހައްޓަމުންދާ އުސޫލުތައް މޮނިޓަރކުރުމާއި ގެންނަންޖެހޭ   ބަދަލުތައް ގެނައުން.

- މިކޯޕަރޭޝަނުގެ ފައިނޭންޝަލް ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންކަން މޮނިޓަރކޮށް އެމައުލޫމާތު   މެނޭޖްމަންޓާއި ހިއްސާކުރުން.

- މި ކޯޕަރޭޝަނުގެ އެކްސްޓަރނަލް އަދި އިންޓާނަލް އޮޑިޓް ޤަވާއިދުން އަހަރުން އަހަރަށް ނިންމުމުގައި ކުރަންޖެހޭ މަސައްކަތްތައް   މޮނިޓަރކުރުން.

- ސެކްޝަނުގެ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ މާލީ ހިންގުން ހަރުދަނާ ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތައް (ޕޮލިސީ،ޕްރޮސީޖަރ،އެސްއޯޕީ) އިސްލާހުކޮށް   ހަރުދަނާކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްގެންދިއުން.

 މި ކޯޕަރޭޝަނުގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި   ކޯޕަރޭޝަނުން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

 3. ފޯމު ހުށަައަޅަންވީ ތަނާއި ތާރީޚް

 26 މޭ 2022 ވަނަ ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން   އެދެމެވެ.

 4. ހުށައަޅަންޖެހޭ ލިޔުންތައް

 ހ. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް.

 ށ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު ގުޅޭނެ ނަންބަރު އެނގޭނެގޮތަށް (ކުރިން ވަޒީފާ އަދާކޮށްފައިވާ ތަންތަނުގެ   ރެފްރީސްގެ މަޢުލޫމާތު/ގުޅޭނެ ނަންބަރު ހިމެނުން).

 ނ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

 ރ. ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ

 ބ. ބޭރުގެ އިންސްޓިޓިއުޓަކުން ހާސިލްކޮށްފައިވާ ސަނަދެއްނަމަ، އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް އަދި އެޓެސްޓްކުރެވިފައިވާ   ސެޓްފިކެޓް އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 ޅ. ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ރިފަރެންސް ސިޓީ.

 ކ. މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓް

 5. އިތުރު މަޢުލޫމާތު:

 ހ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް ފޮނުވާނެ އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

 ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ.

 ނ. މި މަޤާމަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަން ފޯނުގެ ޒަރީއާއިން   އެންގޭނެއެވެ. ނަމަވެސް ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެއެވެ.

 ރ. މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads )   މިލިންކުން ޑައުންލޯޑް ކުރެވޭނެއެވެ.

 ބ. ވަޒީފާއަށް އެދި ހުށައަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ހުށައަޅަންވާނީ ޕީ.ޑީ.އެފް (PDF) ފޯމެޓުގައި އެއް ޑޮކިއުމަންޓެއްގެ   ގޮތުގައެވެ.

 ޅ. އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރ 3323228، 3035512، 3035513 ނުވަތަ 3035514 ފޯނާއެވެ.

  6. އެޑްރެސް ކުރައްވާނީ:

 ތޮއްޔިބު މުޙައްމަދު، ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

19 މޭ 2022
ހޯދާ