ދިވެހިރާއްޖެ
| 
 ތަޢާރުފާއި ނަން  | 
 
  | 
 (ހ)  | 
 މި އުސޫލު އެކުލަވާލީ ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯއްޗާއި ، ސަރުޢީގޮތުން ބައިކޮށް ލިބިދެވޭ ބަންޑާރަ ގޯއްޗަކުން ބަޔެއް ރަޖިސްޓްރީކުރަން އެދި ހުށަހަޅާ މަސްއަލަތަށް އަވަސްކަމާއެކު އެއް އުސޫލަކުން ނިންމާ ދިނުމަށާއި އަދި ކަމާއި ބެހޭ އާންމު އުސޫލެއް އެކުލަވާލައި އާންމުކުރުމުން ކަންކުރަންވީގޮތް ލިޔުމުން ފެންނަ ގޮތް ހެދުމަށާއި ، ލިޔުމާއި އެއްގޮތަށް ކަންކުރުމަށް ރަށުގެ ރައްޔިތުންނަށާއި ކަމާއި ގުޅޭ އިދާރީ މަސައްކަތްކުރައްވާ މުވައްޒަފުންނަށް ފަސޭހަކުރުމަށްޓަކައެވެ.  | 
|
| 
 
  | 
 
  | 
 
  | 
 (ށ)  | 
 މި އުސޫލަށް ކިޔާނީ، " ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ރަޖިސްޓްރީކުރުމަށް ހުށަހަޅާ މަސްއަލަތަކުގައި ޢަމަލުކުރާނެ އުސޫލު" އެވެ.  | 
| 
 
  | 
 
  | 
 
  | 
 (ނ)  | 
 މި އުސޫލަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.  | 
| 
 ރަޖިސްޓްރީކުރުމަށް ހުށަހެޅުން  | 
 2.1  | 
 
  | 
 ޝަރުޢީގޮތުން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯއްޗާއި ނުވަތަ ބަންޑާރަ ގޯތި ބައިކޮށްގެން ޝަރުޢީގޮތުން ލިބޭ ބައި ރަޖިސްޓްރީކުރަން ހުށަހަޅުއްވަވާނީ ތިރީގައިވާ ގޮތުގެ މަތީން ތިރީގައި ބުނެފައިވާ ތަކެއްޗާއި އެކުގައެވެ.  | 
|
| 
 
  | 
 
  | 
 
  | 
 (ހ)  | 
 ޝަރުޢީ ހުކުމްގެ ކޮޕީ  | 
| 
 
  | 
 
  | 
 
  | 
 (ށ)  | 
 ބައިކުރެވޭ ބަޔަށް ކިޔުމަށްޓަކައި ގޯތި ގޯއްޗަށް ނަންކިޔުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ފެތޭ ނަމެއް 
 
  | 
| 
 ރަޖިސްޓްރީ ހަދާ ދިނުމުގެ ކުރިން އިދާރާއިން ކުރަންޖެހޭ ކަންކަން  | 
 3.1  | 
 
  | 
 ޝަރުޢީ ހުކުމަކާއި އެއްގޮތަށް ގޯތި ބައިކޮށްދީ ކަންމުޑި ޖަހާދިނުމާއި އެކު އިންވަކިކުރާ ފާރު ރާނަށް ތަނުގެ ވެރިފަރާތަށް އަންގަންވާނެއެވެ.  | 
|
| 
 
  | 
 
  | 
 3.2  | 
 
  | 
 އިންފާރު ރޭނުމުގެ ކުރިން އިންފާރު ރޭނުމަށް ކޮނެފައިވާ ކޯރު ޗެކުކުރުމާއި ، މިންހަމަވޭތޯ ބެލުމަށްފަހު މިންހަމަވާނަމަ އިންފާރު ރޭނުމުގެ ހުއްދަ ދޭންވާނެއެވެ.  | 
| 
 
  | 
 
  | 
 3.3  | 
 
  | 
 ބައިކުރެވުނު ބަންޑާރަ ގޯއްޗަކީ ވަކިވަކި ބައިތަކަކަށް ބައިކުރެވިފައިވާ ގޯއްޗެއް ނަމަ ޝަރުޢީގޮތުން ބައިކުރެވިފައިވާ ކޮންމެ ބަޔަކަށް ވަދެ ނިކުތުމަށްޓަކައި މަގަށް ދޮރު (ދޮރުއަށި) ކަނޑާ ނަންބޯޑު ހަރުކުރަން އަންގަންވާނެއެވެ. އަދި ނަންބޯޑު ހަރުކޮށްފައި ހުރިތޯ ބަލަންވާނެއެވެ.  | 
| 
 
  | 
 
  | 
 3.4  | 
 
  | 
 ބައިކުރެވުނު ބަންޑާރަ ގޯއްޗަކީ ވަކިވަކި ބައިތަކަކަށް ބައިކުރެވިފައިވާ ގޯއްޗެއް ނަމަ ޝަރުޢީގޮތުން ބައިކުރެވިފައިވާ ބައިތަކަށް ވަދެ ނުކުތުމަށްޓަކައި މަގެއް ނުވަތަ ގޯޅިއެއް ކަނޑަންޖެހޭނަމަ ރަޖިސްޓްރީ ހަދައި ދޫކުރަންވާނީ މަގު،ގޯޅި، ކެނޑުމަށްފަހުގައެވެ.  | 
| 
 
  | 
 
  | 
 3.5  | 
 
  | 
 ބައިކުރެވޭ ބަންޑާރަ ގޯއްޗަކީ 2 ބަޔަށް ބައިކުރެވޭ ގޯއްޗަކަށްވެފައި ، ބައިކުރެވުނު ގޯތީގެ ރަޖިސްޓްރީ ހެދުމުގެ ކުރިން ވެރިފަރާތްތަކުގެ ތެރެއިން ފަރާތެއް ނިޔާވެފައި ، އެ ގޯއްޗަކީ ކޯޓަށް ހުށަހަޅައިގެން އެ ތަނުން އެއް ފަރާތަކަށް ތަރިކައިން ލިބޭނެ ބިމެއްކަމުގައި ކަށަވަރުވާނަމަ ޝަރުޢީ ކޯޓުގެ ހުކުމުގެ ކޮޕީއާއި އެއްގޮތަށް 2 ރަޖިސްޓްރީ ހަދައި ދޫކުރަންވާނެއެވެ. މިފަދަ ހާލަތުގައި މި މާއްދާގެ 3.1،3.2،3.3،3.4 އަމަލުކުރާކަށް ނުޖެހޭނެއެވެ.  | 
| 
 ރަޖިސްޓްރީ ހެއްދުމަށް ނަގާ ފީ އާއި ޖޫރިމަނާ  | 
 4  | 
 4.1  | 
 
  | 
 ޝަރުޢީ ކޯޓުގެ ގަޟިއްޔާއަކުން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެން ރަޖިސްޓްރީ ހައްދަންޖެހޭ ފަރާތްތަކުން މި އުސޫލަށް ޢަމަލުކުރަން ފެށުމާއި އެކު 6 މަސް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހެއްދުމަށް މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށް ހުށަހަޅުއްވަންވާނެއެވެ. ހުށަހަޅުއްވަންވާނީ މި އުސޫލުގެ 2.1 ގެ (ހ) އަދި (ށ) ގައިވާ ތަކެއްޗާއި އެކުގައެވެ. މި ދެވުނު 6 މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީ ހެއްދުމަށް އެދޭ ފަރާތްތަކަށް ރަޖިސްޓްރީ ހަދައި ދޫކުރާނީ އެއްވެސް ފީއެއް ނެގުމަކާ ނުލައެވެ.  | 
| 
 
  | 
 
  | 
 4.2  | 
 
  | 
 4.1 ވަނަ މާއްދާއިން ދެވުނު 6 މަސްދުވަސް ހަމަވުމަށްފަހު ( 19 ނޮވެމްބަރު 2022 ) ކުރީގެ ގަޟިއްޔާ އަކާއި ގުޅިގެން ރަޖިސްޓްރީ ހައްދާ ދޫކުރެވޭނީ ޖޫރިމަނާގެ ގޮތުގައި 500ރ ( ފަސްސަތޭކަ ރުފިޔާ ) ނެގުމަށްފަހުގައެވެ.  | 
| 
 
  | 
 
  | 
 4.3  | 
 
  | 
 4.1 ވަނަ މާއްދާއިން ދެވުނު 6 މަސްދުވަހުގެ ( 19 ނޮވެމްބަރު 2022 ) ފަހުން ، ކޯޓުގެ ގަޟިއްޔާއަކުން ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެންވެސް ރަޖިސްޓްރީ ހަދައި ދޫކުރުމަށް އިދާރީ ފީގެ ގޮތުގައި -/75ރ ( ހަތްދިހަ ފަސްރުފިޔާ ) ނެގޭނެއެވެ. މި ގޮތަށް ފައިސާ ނެގޭނީ ގަޟިއްޔާ ނިންމި ތާރީޙުން ފެށިގެން ރަޖިސްޓްރީ ހެއްދުމަށް 3 މަސްދުވަހުގެ ތެރޭގައި އެދޭ ފަރާތްތަކުގެ އަތުންނެވެ. ކޯޓުގެ ގަޟިއްޔާ ނިންމާތާ 3 މަސްދުވަސް ( ބަންދު ދުވަސްތަށްވެސް ހިމަނައިގެން ) ތެރޭގައި ރަޖިސްޓްރީ ހައްދަން ހުށަނާޅާ ، އޭގެ ފަހުން ރަޖިސްޓްރީ ހައްދަން ހުށަހަޅައިފިނަމަ ރަޖިސްޓްރީ ހައްދާ ދޫކުރެވޭނީ -/250 ( ދުއިސައްތަ ފަންސާސް ރުފިޔާގެ ) ޖޫރިމަނާއެއް ނެގުމަށްފަހުގައެވެ.  | 
| 
 
  | 
 
  | 
 4.4  | 
 
  | 
 ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެން މި އިދާރާއިން ހަދާ ދޫކޮށްފައިވާ ރަޖިސްޓްރީ އެއް ބާވެގެން އާކުރާނަމަ ނުވަތަ ވެރި ފަރާތް ބަދަލުވެގެން ހައްދާނަމަ އާކޮށްދެވޭނީ އިދާރީ ފީއެއްގެ ގޮތުން -/75 ( ހަތްދިހަ ފަސްރުފިޔާ ) ނެގުމަށްފަހުގައެވެ.  | 
| 
 
  | 
 
  | 
 4.5  | 
 
  | 
 ނުއުފުލޭ މުދާ ތަރިކައިން ލިބިގެން ލިބޭ ބަންޑާރަ ގޯތި ނުވަތަ ބަންޑާރަ ގޯއްޗަކުން ބަޔެއް ލިބިގެން މި އިދާރާއިން ހަދާ ދޫކޮށްފައިވާ ރަޖިސްޓްރީ އެއް ގެއްލިގެން ހައްދާނަމަ ހައްދާދެވޭނީ އިދާރީ ފީއެއްގެ ގޮތުން -/250 ( ދުއިސައްތަ ފަންސާސް ) ރުފިޔާ ނެގުމަށްފަހުގައެވެ.  | 
