ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ކޯޓުގެ އަގު ކޮމެޓީގެ ދަފްތަރަށް މެމްބަރުން ހޯދުން

އިއުލާން

 

އަގު ކޮމެޓީގެ ދަފްތަރަށް މެމްބަރުން ހޯދުން

ޝަރުޢީ އަގުކުރުމާބެހޭ ޤަވާޢިދުގެ 9 ވަނަ މާއްދާގެ (ށ) އާއި ގުޅިގެން މިކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އަގުކުރަންޖެހޭ ތަންތަން އަގުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ އަގު ކޮމެޓީގެ މެމްބަރުންގެ ދަފްތަރެއް އެކުލަވާލަން ބޭނުން ވެއެވެ. އަގުކުރުމުގެ މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނަށް ދުވާލަކަށް -/300ރ (ތިންސަތޭކަ ރުފިޔާ)ގެ އުޖޫރައެއް ދެވޭނެއެވެ. އުޖޫރަދެވޭނީ މަސައްކަތް ކުރާ ދުވަހަކަށެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މެއި 2022މ. ވަނަ ދުވަހުގެ 14:00ގެ ކުރިން ސިޓީ ހުށަހެޅުއްވުން އެދެމެވެ. ސިޓީ ހުށަހަޅުއްވާއިރު ތަޢުލީމީ ފެންވަރު ސާފުވާނެ ސެޓްފިކެޓެއް ނުވަތަ މަސައްކަތުގެ ތަޖުރިބާ ސާފުވާނެ ލިޔުމެއްގެ ކޮޕީއަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ހުށަހެޅުއްވުން އެދެމެވެ. މި ކޯޓުގެ އީ-މެއިލް [email protected] އަށް މެއިލް ކުރައްވާ ސިޓީތައް އެއް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.

 

                      ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

19 މޭ 2022
ހޯދާ