| މަޤާމް: | އެސިސްޓެންޓް ސިވިލް އޮފިސަރ | 
| ރޭންކް: | ސީ 2 | 
| ކްލެސިފިކޭޝަން: | އޮޕަރޭޝަނަލް ސިވިލް އޮފިސަރސް | 
| އަސާސީ މުސާރަ: | މަހަކު -/5,400 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު  -/3,500 ރުފޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް: | މަހަކު  -/2,430 ރުފޔާ | 
| ބޭނުންވާ އަދަދު: | 02 | 
| މަސައްކަތް ކުރަންޖެހޭ ތަން:  | ހެޑް އޮފީސް (ހިއުމަން ރިސޯސް، އެޑްމިނސްޓްރޭޝަން) | 
| މަޤާމުގެ ގިންތި:  | ކޮންޓްރެކްޓް (06 މަސް) | 
| ފެންވަރު ނުވަތަ ޝަރުތު:             | މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، 
ސަނާވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' އަދި 'އިސްލާމް' މި މާއްދާތަކުން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަމަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 30 (ތިރީސް) އަހަރު ނުވާ މީހަކު ކަމުގައިވުން | 
| މަޤާމުގެ މަސްއޫލިއްޔަތު: | ހިއުމަން ރިސޯސް 
ރެކްރޫޓްމަންޓްގެ މަސައްކަތާއި އެޗް.އާރ އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް.މަސްއޫލިއްޔަތާއި ގުޅިގެން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް. | 
|   |    އެޑްމިނިސްޓްރޭޝަން 
މި ސަރވިސް އާއި ޖަލުތަކުގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުތައް ރަޖިސްޓްރީ ކުރުމާއި ރަޖިސްޓްރީ ބާޠިލްކުރަންޖެހޭ އުޅަނދުތަކުގެ ރަޖިސްޓްރީ ބާޠިލުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުމާއި، އެ އުޅަނދުތަކުގެ ރަޖިސްޓަރީތައް ބެލެހެއްޓުން.މި ސަރވިސް އާއި ޖަލުތަކުގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުތަކުގެ އަހަރީ ފީ ގަވާޢިދުން ދެއްކުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.މާލެފަޅަށް ވަނުމަށް ހޯދަންޖެހޭ ފަޅުހުއްދައާއި ފައްތިޔާ ހޯދުމާއި އެއަށް ދައްކަންޖެހޭ ފީ ޤަވާއިދުން ދެއްކުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.މި ސަރވިސް އާއި ޖަލުތަކުގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުތައް އިންސިއުރެންސް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމާއި، އިންސިއުރަންސް ފީ ގަވާޢިދުން ދެއްކުން.މި ސަރވިސް އާއި ޖަލުތަކުގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުތަކުގެ ސަލާމަތީ ހެއްދުމާއި، ރޯޑްވާދިނަސް ހެއްދުމާއި މިކަންކަމާގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.މި ސަރވިސް އާއި ޖަލުތަކުގައި ބޭނުންކުރާ އެއްގަމާއި ކަނޑުގެ އުޅަނދުތައް މަރާމާތު ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.މި ސަރވިސްގެ ޓްރާންސްމިޓިންގ ސްޓޭޝަންތައް ރަޖިސްޓަރީކުރުމާއި، އެ ރަޖިސްޓަރީތައް ބެލެހެއްޓުމާއި، ޓްރާންސްމިޓިންގ ސްޓޭޝަންގެ ލައިސަންސްފީ ދެއްކުމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.ސިޓީއާއި މެސެޖް އަދި ފޯމް ފަދަ ތަކެތި ލިޔުމާއި ގަވާޢިދުން ފައިލްކުރުމާއި ފައިލްތައް ބެލެހެއްޓުން.މި ސަރވިސްގެ ހެޑްއޮފީހުގެ މެއިންޓެނެންސް މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުން.މިސަރވިސްއާއި ޖަލުތަކުން ބާވެގެން ނަގާތަކެތި ނީލަމަށް ފޮނުވުމާއި އަދި ނީލަމުން ނުނަގާނަމަ އެތަކެތި ގަވާޢިދުން ނައްތާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުން. | 
| މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:  | 
ތަޢުލީމީ ފެންވަރު.އިންޓަވިއު މާކުސް.ދާއިރާއިން ލިބިފައިވާ މައުލޫމާތާއި ހުނަރު.މައިކްރޯސޮފްޓް އެކްސެލް އަދި މައިކްރޯސޮފްޓް ވޯޑްގައި މަސައްކަތް ކުރަން އެނގުން. | 
| ހުށަހަޅަންޖެހޭ ލިޔުންތައް:  | 
ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ނަކަލެއް.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލުވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.ޕޮލިސް ރިޕޯޓް     | 
| ސުންގަޑި:   | 
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 2022 މެއި 25 ވާ ބުދަ ދުވަހުގެ ނިޔަލަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | 
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| މަޤާމަށް މީހުން ހޮވުމަށް އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |  50% ( ފަންސާސް އިންސައްތަ) | 
| އިތުރު މަޢުލޫމާތު ސާފުކުރުމަށް:   |  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. އަދި އެޕްލިކޭޝަން ލިބުނުކަން ޔަގީން ކުރުމަށް ގުޅާނީ 3026143 އަދި 3026142 އަށެވެ. | 
| (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކް ކުރުމަކީ ފޯމް ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މެއިލް ލިބުނުކަން ޔަޤީން ނުކުރާ ފަރާތްތަކުގެ މެއިލް އެއްވެސް ސަބަބަކާ ހުރެ ރިސީވް ނުވާ ނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން ފަހުން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.) |