ދިވެހިރާއްޖެ
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ އައްސޭރި ޖަލުގެ އިންޑަސްޓްރިއަލް ކްލާސްރޫމްގެ 2 ބުރި ޢިމާރާތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ ނަންބަރު: (IUL) 167-PR/167/2022/48 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަނދާސީ ހިސާބުގެ އަގު ބޮޑުކަމަށް ފެންނާތީ މި މަސައްކަތް ކޮށްދޭނެފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| މަޢުލޫމާތު ސާފުކުރުން | 25 މޭ 2022 | ބުދަ | 13:00 | 
| އަންދާސީހިސާބު ހުށަހެޅުން | 02 ޖޫން 2022 | ބުރާސްފަތި | 12:00 | 
 
                    