| މަޤާމް: | ސީނިއަރ ސިވިލް އޮފިސަރ  (ސޯޝަލް ވޯކަރ) | 
| ރޭންކް: | ސީ 5 | 
| ކްލެސިފިކޭޝަން: | އޮޕަރޭޝަނަލް ސިވިލް އޮފިސަރސް | 
| އަސާސީ މުސާރަ: | މަހަކު -/7,580 ރުފިޔާ | 
| ސަރވިސް އެލަވަންސް: | މަހަކު -/3,500 ރުފޔާ | 
| ނޮން ޕްރެކްޓިސް އެލަވަންސް: | މަހަކު -/3,411 ރުފޔާ | 
| ބޭނުންވާ އަދަދު: | 05 | 
| މަސައްކަތް ކުރަންޖެހޭ ތަން:  | ރިހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމާންޑް (މާފުށި ޖަލު،އައްސޭރި ޖަލު، ހެޑް އޮފީސް) | 
| މަޤާމުގެ ގިންތި:  | ދާއިމީ | 
| ފެންވަރު ނުވަތަ ޝަރުތު:                | މަ މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، 
މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ،މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 04 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއިން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރި، 40 (ސާޅީސް) އަހަރު ނުވާ މީހަކު ކަމުގައިވުން.ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
މި ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވޭ ގައިދީންގެ އިނިޝިއަލް އެސެސްމަންޓް ހެދުމުގެ މަސައްކަތްތައް ކޭސް މެނޭޖްމެންޓް އެންޑް ކައުންސިލިންގ ޑިވިޛަންގެ ލަފާގެމަތިން ކުރިއަށް ގެންދިއުން.ކޭސް މެނޭޖްމަންޓް އެންޑް ކައުންސިލިންގ ޑިވިޛަނުން ފޯރުކޮށްދޭ ޙިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުން.ރީހެބިލިޓޭޝަން އެންޑް ރީއިންޓެގރޭޝަން ކޮމާންޑުން ގައިދީންނަށް ހިންގާ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް އެހީތެރިވެދިނުމާއި އެ ޕްރޮގްރާމްތައް މޮނިޓަރކޮށް  ބެލެހެއްޓުންމަތީގައިވާ މަސައްކަތްތަކުގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހަވާލު ކުރެވޭ ރަސްމީ މަސައްކަތްތައް ހަވާލްކުރެވޭ މުއްދަތެއްގައި ހަމަޖެހިފައި އޮންނަ އުސޫލް ތަކާއި އެއްގޮތަށް ކުރުން. 
ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު އަނބުރާ މުޖުތަމައުއަށް އަންނަ ފަރާތްތައް ކަމާގުޅުންހުރި ފަރާތްތަކާ ގުޅިގެން މޮނިޓަރކުރުންރީހެބިލިޓޭޝަން ޕްރޮގަރާމް ފުރިހަމަކުރަމުންދާ ގައިދީންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުން. ޖަލުން ދޫކުރުވޭ މީހުންނަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯރޓް ފޯރުކޮށްދިނުން.ޖަލުތަކުން ސައިކޯ ސޯޝަލް ސަޕޯރޓް ފޯރުކޮށްދެވޭ މީހުންގެ މަޢުލޫމާތުތަކާގުޅޭ ކޭސް ފައިލާއި ކޭސް ރެކޯޑްތައް އަދާހަމަކޮށް ބެލެހެއްޓުން. | 
| މީހުން ހޮވުމުގައި އިސްކަން ދެވޭ ކަންތައްތައް:  | 
ތަޢުލީމީ ފެންވަރު.އިންޓަވިއު މާކްސް   | 
| ހުށަހަޅަންޖެހޭ ލިޔުންތައް:  | 
ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ ވެބްސައިޓު www.corrections.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި ސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަންއޮތް، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ނަކަލެއް.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ނަކަލުވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ސީވީ ) ދިވެހި ސިވިލް ސަރވިސްއަށް ނުވަތަ ދައުލަތަށް  ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހަކު، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.ކުރިން ވަޒީފާ އަދާކޮށްފައިވާ މީހަކުނަމަ، ވަޒީފާ އަދާކުރި ތަންތަނުން ދީފައިވާ ލިޔުންތަކުގެ ނަކަލު.ނެގި ފަހުން ތިން މަސްދުވަސް ހަމަނުވާ އިސްކޮޅު ފެންނަ ފޮޓޯއެއް.އިންޖީނުލީ އުޅަނދު ދުއްވާނަމަ ލައިސަންސްގެ ސާފު ނަކަލު.ޕޮލިސް ރިޕޯޓް   | 
| ސުންގަޑި:   | 
މި މަޤާމުތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ލިޔެކިޔުންތަކާ އެކު 2022 މެއި  22 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ނުވަތަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކައުންޓަރަށް ފޯމް ހުށައެޅުއްވުން އެދެމެވެ.ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތަކާއި ޝަރުޠު ފުރިހަމަ ނުވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމުތައް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ހުށަހަޅުއްވާފައިވާ ލިޔެކިޔުންތައް ސައްޙަ ނޫންކަމަށް ސާބިތުވެއްޖެނަމަ، ފޯމް ބާޠިލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.ވަޒީފާއަށްއެދޭ ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެ އެވެ. | 
| އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު: | 
މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، މި އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން ރަސްމީ 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. | 
| ޝޯޓް ލިސްޓްކުރުން: | 
މި ވަޒީފާއަށް އެދި ހުށައަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. | 
| މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކުރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |   50% ( ފަންސާސް އިންސައްތަ) | 
| އިތުރު މަޢުލޫމާތު ސާފުކުރުމަށް:   |  މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3026115 ނަންބަރު ފޯނަށް، ނުވަތަ 3026114 ނަންބަރު ފޯނަށެވެ. އަދި އެޕްލިކޭޝަން ލިބުނުކަން ޔަގީން ކުރުމަށް ގުޅާނީ 3026143 އަދި 3026142 އަށެވެ. | 
| (ފޯމާއެކު ހުށަހަޅުއްވާ ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ފޯމާއެކު ހީރަސްޖަހައި ސަފުހާ ނަންބަރު ޖަހާފައެވެ. އަދި މެއިލް އިން ފޮނުވާނަމަ، މެއިލް ލިބުނުތޯ ޗެކް ކުރުމަކީ ފޯމް ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ. އަދި މެއިލް ލިބުނުކަން ޔަޤީން ނުކުރާ ފަރާތްތަކުގެ މެއިލް އެއްވެސް ސަބަބަކާ ހުރެ ރިސީވް ނުވާ ނަމަ، އެ ފަރާތްތަކުގެ އެޕްލިކޭޝަން ފަހުން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.) | 
|  |  |  |