ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓެކްނީޝަން

ޓެކްނީޝަން

މަޤާމް:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

ހައްދުންމަތީ ގަމު ކައުންސިލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

6000.00ރ

މުސާރަ:

މަސައްކަތު ނިކުންނަ ކޮންމެދުވަހަކަށް 100.00ރ

ރިސްކް އެލެވަންސް:

  • ރަމަޟާން މަހުގެ ޚާއްސަ އިނާޔަތުގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

އެހެނިހެން އެލަވަންސް:

  1. މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގައި ހުރި ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.
  2. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްމެހައި އިމާރާތްތަކުގެ ދިއްލުންތައް ބަލަހައްޓާ، ކުރަންޖެހޭ މަރާމާތުތައް ކުރުން.
  3. މިސްކިތްތަކުގެ ދިއްލުންތައް ބަލަހައްޓާ، ކުރަންޖެހޭ މަރާމާތުތައް ކުރުން.
  4. ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްމެހައި އިމާރާތްތަކުގެ އޭސީ ހަރުކުރުމާއި، ސާރވީސްކޮށް ބެލެހެއްޓުން.
  5. މިސްކިތްތަކުގައި އެސީ ހަރުކުރުމާއި، ސަރވިސްކޮށް ބެލެހެއްޓުން.
  6. ޕާރކް ތަކާއި މައިޒާންތަކުގައި ބައްތި ޖެހުމާއި، މަރާމާތުކޮށް ބެލެހެއްޓުން.
  7. ބައްތިތަކާއި މަސައްކަތު ސާމާނުގެ ދަފްތަރު ބެލެހެއްޓުމާއި، މަސައްކަތާ ގުޅިގެން ކުރަންޖެހޭ އިދާރީ ކަންކަން ކުރުމާއި، ޕްރޮކިއުމަންޓަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން.
  8. އަލަން ޖަހަންޖެހޭ މަގުބައްތީގެ ލައިޓް ޕޯސްޓް ޖެހުމުން ކަރަންޓްގުޅައި ދިއްލުންތައް ހަރުކުރުން.
  9. މަގުމަތީގައި ޖަހަންޖެހޭ ނަންބޯޑްތައް ޖެހުމާއި، މަރާމާތުކޮށް ބެލެހެއްޓުން.
  10. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެއްމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  11. ކައުންސިލް އިދާރާގެ މަސައްކަތާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެއްމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

-          އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް ދާއިރާއިން ސެޓްފިކެޓް ލެވެލް 3 ހާސިލް ކޮށްފައިވުން.

-          މަސައްކަތަށް ގިނަ ވަގުތުދެވޭނެ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން.

-          އުމުރުން 18 އަހަރު ފުރިފައިވާ، 60 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

މަޤާމުގެ ޝަރުޠުތައް:

އެސިސްޓެންޓް ޓެކްނީޝަން

މަޤާމް:

01

ބޭނުންވާ އަދަދު:

ކޮންޓްރެކްޓް

މަޤާމުގެ ގިންތި:

ހައްދުންމަތީ ގަމު ކައުންސިލް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

5000.00ރ

މުސާރަ:

މަސައްކަތު ނިކުންނަ ކޮންމެދުވަހަކަށް 100.00ރ

ރިސްކް އެލެވަންސް:

  • ރަމަޟާން މަހުގެ ޚާއްސަ އިނާޔަތުގެ ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

އެހެނިހެން އެލަވަންސް:

1-      މަގުތަކާއި އިޖުތިމާއީ ސަރަހައްދުތަކުގައި ހުރި ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުން.

2-      ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްމެހައި އިމާރާތްތަކުގެ ދިއްލުންތައް ބަލަހައްޓާ، ކުރަންޖެހޭ މަރާމާތުތައް ކުރުން.

3-      މިސްކިތްތަކުގެ ދިއްލުންތައް ބަލަހައްޓާ، ކުރަންޖެހޭ މަރާމާތުތައް ކުރުން.

4-      ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްމެހައި އިމާރާތްތަކުގެ އޭސީ ހަރުކުރުމާއި، ސާރވީސްކޮށް ބެލެހެއްޓުން.

5-      މިސްކިތްތަކުގައި އެސީ ހަރުކުރުމާއި، ސަރވިސްކޮށް ބެލެހެއްޓުން.

6-      ޕާރކް ތަކާއި މައިޒާންތަކުގައި ބައްތި ޖެހުމާއި، މަރާމާތުކޮށް ބެލެހެއްޓުން.

7-      އަލަން ޖަހަންޖެހޭ މަގުބައްތީގެ ލައިޓް ޕޯސްޓް ޖެހުމުން ކަރަންޓްގުޅައި ދިއްލުންތައް ހަރުކުރުން.

8-      މަގުމަތީގައި ޖަހަންޖެހޭ ނަންބޯޑްތައް ޖެހުމާއި، މަރާމާތުކޮށް ބެލެހެއްޓުން.

9-      ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ އެއްމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސްޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

ކައުންސިލް އިދާރާގެ މަސައްކަތާއި، ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެއްމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުން.
  2. މަސައްކަތަށް ގިނަ ވަގުތުދެވޭނެ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން.
  3. އުމުރުން 18 އަހަރު ފުރިފައިވާ، 60 އަހަރުން ދަށުގެ މީހެއްކަމުގައިވުން.

މަޤާމުގެ ޝަރުޠުތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

(ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ·         އަސާސީ ޝަރުތު ހަމަވުން 

50%

  • ·         އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

  • ·         ލިބިފައިވާ ތަޖުރިބާ

5%

  • ·         އިންޓަރވިއު

40%

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 19 މެއި 2022 ވާ ދުވަހު 14:00 ގެ ކުރިން، ހައްދުންމަތީ ގަމު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ސިޓީއާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ސިޓީ ބަލައިގަނެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 22 މެއި 2022 އާއި 26 މެއި 2022 އާ ދެމެދު، ހައްދުންމަތީ ގަމު ކައުންސިލް އިދާރާ ގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800766 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

10 މޭ 2022
ހޯދާ