ދިވެހިރާއްޖެ
ހެޑް އޮފީސް، މާލެ ޖަލު، އަދި ހުޅުމާލެ ޖަލުގައި ބޭނުން ކުރަމުންގެންދާ އޭސީ މަރާމާތުކޮށް ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ސަރވިސްގެ ދަށުން ހިންގަމުންގެންދާ މާލެ ޖަލު، ހުޅުމާލެ ޖަލު އަދި ހެޑް އޮފީހުގައި ބޭނުން ކުރަމުންގެންދާ އޭސީތައް މާރާތުކޮށް، ސަރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކޮށްފައިވާ ނަންބަރު: (IUL)167-PR/167/2021/75އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމަށް ފެންނާތީ މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
| ތަފްޞީލް | ތާރީޚް | ދުވަސް | ގަޑި | 
| މައުލޫމާތު ސާފްކުރުން | 23 މެއި 2022 | ހޯމަ | 14:00 | 
| އަންދާސީ ހިސާބު ހުށައެޅުން | 29 މެއި 2022 | އާދިއްތަ | 12:00 | 
 
                    