ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"މަޑިފުށި ކައުންސިލް ފުޓްސަލް ޗެލްންޖް 2022" މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

                 މަޑިފުށި ކައުންސިލް ފުޓްސަލް ޗެލެންޖް 2022 ގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީހަކީ 15 ޖުލައި 2022 އެވެ.

                 މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް މަޑިފުށި ކައުންސިލް އިދާރާއިން 2022 މޭ 12 ވަނަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގައި ލިބެން ހުންނާނެއެވެ. ފޯމު ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ 2022 ޖޫން 15 ވަނަ ދުވަހުގެ 14:00 ކަމުގައި ދެންނެވީމެވެ. ފޯމު ހުށަހަޅާނީ ރަސްމީ ދުވަސްތަކުގައި 8:00 އިން 14:00 އަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އަދި މުބާރާތުގެ ހިންގާ ޤަވާއިދު މި މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

                 ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

12 މޭ 2022
ހޯދާ