ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: ކައުންސިލް އޮފިސަރ

މަޤާމް :ކައުންސިލް އޮފިސަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިދަންނަވާ މަޤާމަށް މިކައުންސިލަށް ދާއިމީ މުވައްޒަފަކު ބޭނުން ވެއްޖެއެވެ.

 

މަޤާމު:

ކައުންސިލް އޮފިސަރ

މަޤާމުގެ ނަންބަރު:

J-337557

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ، ގއ. ދާންދޫ

މުސާރަ:

-/5610 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/700 ރުފިޔާ (މަހަކު).

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާގުޅޭ ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ޖަވާބުދާރީވުން.
  2. ދާންދޫކައުންސިލުން ރަށުގެ ތަރައްޤީގެ ހަރަކާތްތައް ކައުންސިލުންދޭ އިރުޝާދާއެއްގޮތަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  3. ކައުންސިލްގެ ނަމުގައި ކުރާ ވިޔަފާރިތައް ކުރިއަރުވާ ތަރައްޤީކުރުމާއި ކައުންސިލް އިން ނިންމާގޮތެއްގެ މަތީން ކައުންސިލްގެ ޓްރަސްޓްފަންޑް ދިރުވައި އާލާކުރުމަށް މަސައްކަތްކުރުން އަދި އެކަންކަން މާލިއްޔަތުގެ ޤަވާއިދާ އެއްގޮތަށް ކުރުން
  4. ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ ޚިދުމަތްތަކާގުޅޭ އަދި އިދާރާގެ އެތެރޭގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ތައްޔާރުކުރަންޖެހޭ ސްޓޭންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކާއި އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުން.
  5. ރަށުގައި ހިންގާ އެކިއެކި މަޝްރޫޢުތައް ހިންގައި ތަންފީޒުކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ތައްޔާރުކުރަންޖެހޭ ޕްރޮޕޯސަލްތައް ތައްޔާރުކުރުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިވެދިނުމާއި، އެފަދަ ޕްރޮޕޯސަލްތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، އެހީ ހޯދުމުގެ މަސައްކަތްތައް ޤާނޫނާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ހުދޫދުތަކުގެ ތެރެއިން ކުރުމުގައި  އެހީތެރިވެދިނުން.
  6. ކައުންސިލްގެ އިދާރާއިން ބަލަހައްޓަންޖެހޭ ތަފާސް ހިސާބާއި މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތް ކުރުން.
  7. ކައުންސިލްގެ ބޭނުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި ރިޕޯޓުތައް އެކުލަވާލުމުގެ މަސައްކަތްކުރުން.
  8. ޕްރޮކިއުމަންޓްގެ މަސައްކަތާއި ފައިސާއާއި ބެހޭ މަސައްކަތްތައް މާލިޔަތު ގަވާޢިދާ އެއްގޮތަށް މާލީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  9. ޤައުމީ ތަރައްޤީގެ ޕްލޭން ކައުންސިލްގެ އެކްޝަން ޕްލޭނުގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އަދި ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރިއަށްދާގޮތުގެ ސްޓޭޓަސް ރިޕޯޓް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަމާބެހޭ ފަރާތްތަކާ ގަވާއިދުން ހިއްސާކުރުން.
  10. ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އަދި އައްތެރި މަސައްކަތްތަކާއި އުފެއްދުންތެރިކަން ރަށުގައި އިތުރުކުރުމަށް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  11. ރަށުގައި އާންމުންކުރާ ވިޔަފާރިތައް ކުރުމުގައި ޤާނޫތަކާއި ޤަވާޢިދު ތަކާއި ޚިލާފު ކަންކަން ކުރޭތޯބަލައި އެކަންކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން އަޅައި އެކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރުން
  12. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ވަޒީފާއާއި ބެހޭ ޤާނޫނާއި ދިވެހި ސިވިލް ސަރވިސް ގެ ޤާނޫނާއި ޤަޥާޢިދާއި ކޯޑް އޮފް ކޮންޑަކްޓާއި، އަދި ދިވެހި ސިވިލް ސަރވިސްގެ ވަޒީފާގެ އެއްބަސްވުމާއި ޚިލާފު ނުވާގޮތަށް ސިވިލްސަރވިސް މުވައްޒަފެއްގެ ޙައިޘިއްޔަތުން މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

އެކައުންޓިންގ، އެޑްމިނިސްޓްރޭޝަން، އެގްރިކަލްޗަރަލް ސައިންސް، އެންތްރޯޕޮލޮޖީ، އާކިޓެކްޗަރ، ބިޒްނަސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ، ކޮމާސް، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް، ކޮމްޕިއުޓަރ ސައިންސް، ކައުންސިލް އެޑްމިނިސްޓްރޭޝަން، ކަލްޗަރ އެންޑް ހެރިޓޭޖް، ޑިމޮގްރަފީ، ޑިވެލޮޕްމަންޓް ސްޓަޑީޒް، އިކޮނޮމިކްސް، އެންވަޔަރަންމެންޓަލް ސައިންސް، ފައިނޭންސް، ގަވަރނަންސް، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް، ހިއުމަން ރިސޯސް، އިންފޮމޭޝަން ޓެކްނޮލޮޖީ، އިންޓަނޭޝަނަލް ރިލޭޝަންސް، ލޯ، ލީޑަރޝިޕް، ލައިބްރަރީ ސައިންސް، ލޯކަލް ގަވަރނަންސް، މެނޭޖްމަންޓް، މެރިން ސައިންސް، މާކެޓިންގ، އޮފީސް އެޑްމިނިސްޓްރޭޝަން، ޕޮލިސީ ސްޓަޑިޒް، ޕޮލިޓިކަލް ސައިންސް، ޕްރޮޖެކްޓު މެނޭޖުމަންޓު، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް މޭނޭޖްމަންޓް، ޕަބްލިކް ޕޮލިސީ، ޕަބްލިކް ރިލޭޝަންސް، ޝަރީޢާ އެންޑް ލޯ، ސޯޝަލް ސައިންސް، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ، ސްޕޯޓްސް މެނޭޖްމަންޓް، ސްޓެޓިސްޓިކްސް، ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް، އަރބަން ޕްލޭނިންގ، އާބަން ސްޓަޑީޒް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

-   އެޑްމިނިސްޓްރޭޝަން

-   މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Policy/DownloadFile/8   
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ޕޮއިންޓް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1- އަސާސީ ޝަރުތު ހަމަވުމުން (%30)

30

2- އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު (%5)

5

3-  ޕްރިފަރޑް ޑިސިޕްލިންގެ ސެޓްފިކެޓް (މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގުތަކުގެ ސަނަދެއް.) (%5)

5

4-  އަސާސީ ޝަރުތަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ (%5)

5

5-  އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް) (% 20)

20

6-  އިންޓަރވިއު (%35)

35

ޖުމްލަ: (މަޤާމަށް އައްޔަންކުރެވޭނީ ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބިގެންނެވެ)

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 މެއި 19ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ގއ. ދާންދޫ ކައުންސިލްގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިހާނު އޮންނާނީ ގއ. ދާންދޫ ކައުންސިލް އިދާރާގައި، ނުވަތަ އެ އިދާރާއިން ކަނޑައަޅާތަނެއްގައިއެވެ. މިކަން އޮންނާނީ 26 މެއި 2022 އާއި 28 މެއި 2022  އާއި ދެމެދުގައެވެ. (އިންޓަވިއު އާއި އިމްތިހާނު ކުރިއަށް ގެންދެވޭނީ ގއ. ދާންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތަނެއްގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ.) ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށާއި، އިމްތިހާނަށް ތައްޔާރުވެގެން ތިބުމަށްވެސް  ދަންނަވަމެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2ޝީޓު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓް ގައާއި، މި އިދާރާގެ ވެބްސައިޓުގައި އާއި މިއިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢޫލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6820026 އަށެވެ. އަދި އީ-މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ހުށަހަޅުއްވާނީ [email protected]  މި އީމެއިލް މެދުވެރިކޮށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތަކާއި އަދި ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ https://www.csc.gov.mv/Policy/Index/51  އިން ލިބެން ހުންނާނެއެވެ.

11 މެއި 2022

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

10 ޝައްވާލް 1443

11 މޭ 2022
ހޯދާ