ދިވެހިރާއްޖެ
މަޑަވެލި ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ: (IUL)416-ESMPL/416/2022/56 (28 އޭޕްރީލް 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތެއް ޝަޢުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
މަޑަވެލި ކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
މިއިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ ވެބްސައިޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ބިޑް ހުށަހެޅުމަށް ރަޖިސްޓްރީވުން |
08 މެއި 2022 ން 15 މެއި 2022 ގެ 13:00އަށް |
ބިޑް ބަލައިގަތުން |
19 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 ގައި (މަޑަވެލި ކައުންސިލްގެ މީޓިންގ ރޫމްގައި) (އީމެއިލް ކުރައްވާނަމަ މަތީގައި ދެންނެވިފައިވާ ވަގުތު ހަމަވުމުގެ ކުރިން [email protected] އަށް އީމެއިލްކޮށް) |
މިމަސައްކަތުގެ 'ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް' މިއިޢުލާނާއި އެއްކަރުދާސް ކުރެވިފައިވާނެއެވެ. ވީމާ މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން، ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރާ ފޯމް 15 މެއި 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިއިދާރާގެ ކައުންޓަރަށް ނުވަތަ މެއިލް ކުރައްވާނަމަ،[email protected] އަށް މެއިލްކުރެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.