ހޭންޑްބޯލް މޯލްޑިވްސް
ދިވެހިރާއްޖެ
5 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2022

No: IU/HB/H2022/04

         5 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 2022 

ޢިއުލާން

 

މި އެސޯސިއޭޝަނުގެ ފަރާތުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ 05 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެމްޕިއަންޝިޕް 15 ޖޫން 2022 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ.

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް އެދޭ މި އެސޯސިއޭޝަންގެ މެމްބަރު ކްލަބްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު 19 މެއި 2022  ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންއަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި މުބާރާތުގައި ބައިވެރިވާ ކުލަބުތަކުގެ ޓީމް ލިސްޓް 31 މެއި 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި އެސޯސިއޭޝަންގެ އޮފީހަށް ހުށައެޅުން އެދެމެވެ. ފޯމުތައް ލިބިވަޑައި ގަންނަވާނީ ގަލޮޅު ދަނޑުގައި ހުންނަ މި އެސޯސިއޭޝަންގެ އޮފީހުންނެއެވެ.

މުބާރާތުގައި ބައިވެރިވާ ކުލަބްތަކުގެ މެދުގައި ގުރުއަތުލުން ބޭއްވޭނެ ތަނަކާއި ވަގުތު ފަހުގެ ތާރީޚެއްގައި އަންގާނެ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް މި އެސޯސިއޭޝަން ގެ ޖެނެރަލް ސެކްރެޓަރީ (9879555) އާއި ގުޅުއްވުން އެދެމެވެ.

 

08 މެއި 2022

08 މޭ 2022
ހޯދާ