ދިވެހިރާއްޖެ
|
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2022/109 |
|
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-39-22) PSM-GA/2022/66 |
އިޢުލާން
- ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ރޭޑިއޯބިލްޑިންގ އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ،އާއި، ފަސްޓްފްލޯރ ، ސެކަންޑްފްލޯރ، ސްޓޫޑިއޯ ބިލްޑިންގ ގެ އެކި ސަރަހައްދުތަކުގެ ސުލެބް ކަނަޑައިގެންގޮސް ވެއްޓެމުންދާތީ، ޝީޓުތަކުގަ ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުމަށް ބޭނުންވާތީ، އަމިއްލަތަކެތީގައި މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް މިމަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 މެއި 2022 ވާ ބުދަ ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ މަޢުލޫމާތު ސާފްކުރެއްވުމަށްފަހު، 26 މެއި 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ޕީއެސްއެމް ހެޑްއޮފީސް (ރޭޑިއޯބިލްޑިންގ) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.
ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިކަމަށް ބާއްވާ މަޢުލޫމާތުދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަޢުލޫމާތުދިނުމުގެ ބައްދަލުވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.
06 ޝައްވާލް 1443
08 މެއި 2022
