ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ނަންބަރު: 462/1/2022/11(IUL)

 

ވަޒީފާގެ ފުރުޞަތު

މި ކޮމިޝަނަށް ތިރީގައިވާ މިދަންނަވާ މަޤާމަށް ވަގުތީ މުވައްޒަފެއް ބޭނުންވެއެވެ.

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ކްލެސިފިކޭޝަން:

އޮފިސަރ  (GS-2)

ބޭނުންވާ އަދަދު:

01

މަގާމުގެ ގިންތި

ދާއިމީ

އަސާސީ މުސާރަ:

5,400.00 ރުފިޔާ

ލިވިންގ އެލަވަންސް

4000.00 ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

  • ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. ޖީ.ސީ.އީ އޭލަވް އިމްތިހާނުގައި، އިނގިރޭސި އަދި ދިވެއްސާއެކު، 4 މާއްދާއިން "ސީ" ގްރޭޑް އިން މަތި ލިބިފައިވުން.  ނުވަތަ
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ  މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. ނުވަތަ
  3. އޮފިސަރ ފެންވަރުގެ މަގާމެއްގައި  2 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޖެހިޖެހިގެން 2 އަހަރު 85 އިންސައްތަ މާކްސް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މުވައްޒަފުންގެ ހާޒިރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  2. ކޮންމެ މަހެއް ނިމުމުން ހާޒިރީ ރިޕޯޓު ހަދުމާއި ހާޟިރީއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރުން
  3. މެންބަރުންނާއި މުވައްޒަފުންގެ ޗުއްޓީ ރެކޯޑުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  4. މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިއުލާނު ތައްޔާރުކުރުމާއި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކާ އިންޓަރވިއުކުރުމަށާއި އެ ފަރާތްތަކަށް އިމްތިހާނާއި، ޕްރެޒެންޓޭޝަން ދިނުމާ ގުޅޭގޮތުން ކުރަންޖެހޭ ތައްޔާރީތައް ކުރުން.
  5. ކޮމިޝަނުގެ އެޗް.އާރް މަސައްކަތާ ގުޅޭ ލިޔެކިޔުންތަކުގެ ރެކޯރޑްސް ފައިލްކޮށް، ފަސޭހައިން ފެންނަ ގޮތަށް ބެލެހެއްޓުން.
  6. ސެޕް ސިސްޓަމުން މުވައްޒަފުން ހަޔަރ/ފަޔަރކޮށް، ސްޓޭޓަސް އަޕްޑޭޓްކުރުން.
  7. ސީނިއަރ އެޑްމިން އޮފިސަރ ނުވަތަ ސީނިއަރ އެޗްއާރް އޮފިސަރ ނެތް ޙާލަތުގައި މުވައްޒަފުންގެ މަހުމުސާރައިގެ ހިސާބުތައް ތައްޔާރުކުރުން
  8. ސެކްޝަނުން ފޮނުވަންޖެހޭ ލިޔެކިޔުން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  9. އަހަރު ރިޕޯޓަށް ބޭނުންވާ މައުލޫމާތު ނަގާ ފޮނުވަންޖެހޭ މުއްދަތުގައި އެމައުލޫމާތުތައް ފޮނުވުން.
  10. މުވައްޒަފުންގެ ޓްރޭނިންގއާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  11. ކްރެޑިޓް ސްކީމްތަކުގެ މައުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  12. މެންބަރުންނާއި މެންބަރުންގެ ޑިޕެންޑެންޓުންގެ ހެލްތް އިންޝޫރަންސްއާ ގުޅޭ މަސައްކަތްތައް ކުރުން
  13. މިނޫނަސް އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ކުރުމަށް އަންގާ އެހެން މަސައްކަތްތައް ކުރުން

މަގާމަށް  ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓްދޭނެ މިންގަނޑު:

  • ތައުލީމަށް (ކަނޑައަޅާފައިވާ އިން ސައްތައިގެ %30)
  • ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ ( ކަނޑަ އަޅާފައިވާ އިން ސައްތައިގެ %30)
  • އިންޓަރވިއު (ކަނޑަ އެޅިފައިވާ އިންސައްތަ %40)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ( ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ގޮތަށް(
  3. މަޤާމަށް އެދޭފަރާތުގެ ވަނަވަރު (ސީވީ). ( ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. ( މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ތަޢުލީމީ ސަނަދުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓް ހުށަހަޅަން ވާނެއެވެ. ތަޢުލީމީ ސެޓްފިކެޓް ވަޒީފާއަށް ކުރިމަތިލާއިރު ލިބިފައި ނުވާނަމަ، ކޯހުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާކަން އެނގޭނެ ޓްރާންސްކްރިޕްޓާއި އެމީހަކު ކޯސް ފުރިހަމަކުރި، ތަޢުލީމުދޭ މަރުކަޒުން ކޯސް ފުރިހަމަކުރިކަމަށް ދީފައިވާ ލިއުންހުށަހަޅަން ވާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަކޮށްފައިވާ ކޯހެއްނަމަ އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޯހެއްކަން އެނގޭނެ ލިއުން ހުށަހަޅަންވާނެއެވެ. އަދި ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުން ފުރިހަމަ ކޮށްފައިވާ ކޯހެއްގެ ސެޓްފިކެޓް ހުށަހަޅާނަމަ އެ ސެޓްފިކެޓުގެ ކޮޕީގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކޮށްފައިވާކަމުގެ ތައްގަނޑު ޖަހާފައި އޮންނަންވާނެއެވެ. އަދި ސެޓްފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ހުށަހަޅާއިރު ދައުލަތުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ ފަރާތުން އަސްލާ އެއްގޮތްކަން އެގޭނެ ތައްގަނޑު ޖަހާ ސޮއިކޮށްފައި އޮންނަންވާނެއެވެ. އަދި އަސްލާއެއްގޮތްކަން އެނގޭނެ ތައްގަނޑު ޖަހާފައިނުވާނަމަ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ސެޓްފިކެޓުތަކުގެ އޮރިޖިނަލް ކޮމިޝަނަށް ހުށަހަޅާ ވެރިފައި ކުރެވޭނެއެވެ.)
  5. ތައުލީމީ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓުގެ ކޮޕީ
  6. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ: ( ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި މަޤާމާއި، ރޭންކާއި، މައިގަނޑު މަސައްކަތާއި، އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި، އެތަނުގެ އެޑްރެހާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި، ތައްގަނޑު އޮންނަންވާނެއެވެ.)

އެޕްލިޝަން ސުން ގަޑި:

  • 17 މެއި 2022 ވާ (އަންގާރަ) ދުވަހުގެ 13:30ގެ ކުރިން

ވަޒީފާއަށް އެދިފައިވާ ފަރާތްތައް ޝޯޓްލިސްޓް ކުރުން

  • ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އެފަރާތްތައް ޝޯޓް ލިސްޓް ކުރުމުގެ އިޚްތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.

އިތުރު މަޢުލޫމާތު:

  • ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމް ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކޮމިޝަނުގެ ވެބްސައިޓް  www.nic.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

7 ޝައްވާލް 1443

       

 

08 މޭ 2022
ހޯދާ