ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓަށް ވޮޗަރ ކަމަށް މީހަކު ހޯދުމާއިގުޅޭ

                        

 

 

ހައްދުންމަތީ ކަލައިދޫ މެޖިސްޓްރޭޓް ކޯޓް

     ކަލައިދޫ

    ދިވެހިރާއްޖެ 

 

 އިޢުލާން

      މިކޯޓުގެ ނަންބަރު:.O13MC/2022/01 (17 އޭޕްރީލް 2022) އިޢުލާނުން މިކޯޓުގެ "ވޮޗަރ" މަޤާމަށް މީހުން ހޯދުމަށް ފުރުޞަތު ހުޅުވާލުމަށް ކުރެވުނު އިޢުލާނުގައި އިސްލާހު ކުރަންޖެހޭ ކަމެއް ހުރިކަން ފާހަގަ ވެފައިވާތީ، އެމަޤާމަށް މީހުން ހޯދުމަށް އަލުން ފުރުޞަތު ހުޅުވާލަމެވެ. އަދި ބުނެވިދިޔަ އިޢުލާނާ ގުޅިގެން ކުރިމަތިލައްވާފައިވާ ފަރާތްތަކުން އަލުން އެޕްލިކޭޝަން ހުށަހަޅަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.                                                                     

 

 

ވަޒީފާގެ ފުރުޞަތު

ނަންބަރު:O13MC/2022/02

 

ތާރީޚް: 08 މެއި 2022

މަޤާމު

ވޮޗަރ

ރޭންކް: އެސް.އެސް 1

އަދަދު

01

 

މަޤާމުގެ ކްލެފިކޭޝަން

ސަޕޯޓް ސްޓާފް 1

މަސައްކަތްކުރަންޖެހޭ ތަން

ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/3100 ރުފިޔާ

 

މިމަޤާމަށް ލިބޭ އެލަވަންސް

  • ޖުޑީޝަލް އެލަވަންސް: -/620 (މުސާރައިގެ %20)
  • ސާރވިސް އެލަވަންސް: -/1000
  • ލިވިންގ އެލަވަންސް: -/2550
  • ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
  • ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންޝަން ފައިސާ

 

 

 

  އަސާސީ ޝަރުތު

1.ލިޔަންކިޔަން ދަތުމާއެކު،މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން

ނޯޓް: ލިޔަންކިޔަން އެނގޭކަން ދަނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭކަން ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯބެލުމަށް ލ.ކަލައިދޫ މެޖިސްޓްރޭޓް ކޯޓުން ޓެސްޓު ކުރެވިގެންނެވެ.

 

 

  އެހެނިހެން ޝަރުތު

1.މިވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން ޢުމުރުން 18 އަހަރު ފުރިފައިވާ މީހަކުކަމުގައިވުން އަދި،ވަޒީފާއިން މުސްކުޅިކުރުމުގެ އިޙްތިޔާރުލިބޭ އުމުރުކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.

2.ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް މިކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.

 

 

 

 

 

 

 

 

މަޤާމުގެ މަސްޢޫލިއްޔަތުތައް

1.ކޯޓުގެ އިމަރާތާއި، ގޯތިތެރޭ ސެކިއުރިޓީ ޑިއުޓީއުސޫލުން ބެލެހެއްޓުން

2. ޑިއުޓީ ކުރަން ފެށުމުގެ ކުރީގައި ކޯޓުގެ އިމާރާތުގެ ދޮރުތައް ތަޅުލެވިފައިވޭތޯ ބަލައި ޗެކުކުރުމާއި، ގޯތިތެރެއަށް އެއްވެސް ބާވަތެއެގެ ގެއްލުމެއް ލިބިފައިވޭތޯ ބަލައި ޗެކުކުރުން

3.ހަމަޖެހިފައިވާ އުސޫލާއި ޚިލާފަށް ކޯޓުގެ ގޯތިތެރެއަށް ތަކެތި ވެއްދުމާއި، ތަކެތި ބޭރުކުރިޔަ ނުދިނުން.

4.ކޯޓުގެ ޢީމާރާތާއި، އަދި ގޯތީގައި ހުންނަ އެއްޗަކަށް މީހަކު ދީފާނެ ގެއްލުމަކަށް ސަމާލުވެ ރަށްކާތެރި ވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުން.

5.ޤަޢުމީ ދިދައާއި،ޖުޑިޝަރީ ރަމްޒު ކޮށްދޭ ދިދަ ހަމަޖެހިފައިވާ އުސޫލުން ނެގުމާއި، ދިދަ ތިރިކޮށް ދިދަތައް ރައްކާ ކުރުން.

6.ކޯޓުގެ ސަލާމަތާއި، ރަށްކާތެރި ކަމަށްޓަކައި ވަގުތުން ކުރަންޖެހޭނެ ކަމަށް ފެންނަ ކަންތައްތަކުގެ މަޢުލޫމާތު ވީ އެންމެ އަވަހަށް މެޖިސްޓްރޭޓްރޭޓާއި،ޗީފް އެޑްމިނިސްޓްރޭޓާ އަށް އެމަޢުލޫމާތު ހިއްސާކުރުން މީގެ އިތުރުންވެސް ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތްކުރުން.

 

 

 

 

ހުށަހަޅަންޖެހޭ ތަކެތި

1.ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.

2.ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ މަޢުލޫމާތު ސްލިޕް.

3.ކުރިމަތިލާ ފަރާތުގެ ވަނަވަރު.

4ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5.ސްކޫލެއްގައި އުޅެފައިވާނަމަ ސްކޫލް ލިވިންގ ސެޓްފިކެޓްގެ ކޮޕީ

6.ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ)

     ސުންގަޑި

މިމަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 16 މެއި 2022 ވަނަ ދުވަހުގެ 13:30ގެ ކުރިންޝަރުޢީ ދާއިރާގެ ވަޒީއަށް އެދި ހުށަހަޅާ ފޯމް ފުރުމަށްފަހު މިކޯޓަށް ފޯމް ހުށަހެޅުން އެދެން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

 
 

ކޮމްޕިޓަންސީ ދާއިރާ

  މާކްސް ކަނޑައެޅިފައިވާ އިންސައްތަ(%)

 ލިބިފައިވާ ތަޢުލީމް

            25%

 މަސައްކަތު ތަޖުރިބާ

            20%

 އިންޓަވިއު

            55%

 

 

 

 

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި،އެފޯމާއެކު ފުރިހަމަކުރައްވާ ހުށަހަޅުއްވަންޖެހޭ ސްލިޕް މިކޯޓުން ލިބެން ހުންނާނެއެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • މެއިލް ކުރައްވާނީ :[email protected] އަށެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6800540
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.
  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަށް ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތަކަށްވުންއެހެން އިދާރާއެއްގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއްނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.

 

 

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

 

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައިހުރި ފަރާތަކަށްވުން.
  • ކޮންމެ ވަގުތެއްގައި މަސައްކަތަށް ނިކުންނަން ޖެހުނު ކަމުގައިވިނަމަވެސް ވަޒީފާއަށް ނުކުމެވޭނެ ފަރާތްތަކަށްވުން.
  • އެހެން އިދާރާއެއްގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތެއް ނަމަ އެފަރާތުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތުގެ އަޚްލާޤަށް ރިޢާޔަތްކުރެވޭނެއެވެ.
08 މޭ 2022
ހޯދާ