ދިވެހިރާއްޖެ
އިޢުލާން
ވެލާނާ އިންޓަރނޭޝަނަލް ޓާމިނަލްގައި ޤާއިމުކުރެވިފައިވާ މިނިސްޓްރީގެ ހެލްޕް ޑެސްކް މުވައްޒަފުންގެ ޔުނިފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު i(IUL)88-ADHR/88/2022/28 (14 އޭޕްރީލް 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑިތަކަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ..
ހަރަކާތް |
ތާރީޚް |
ގަޑި |
ތަން |
ޕްރީ-ބިޑް މީޓިންގ |
08 މޭ 2022 (އާދީއްތަ) |
11:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
ބީލަން ހުށަހެޅުން/ހުޅުވުން |
15 މޭ 2022 (އާދީއްތަ) |
11:00 |
މިނިސްޓްރީ އޮފް ޓޫރިޒަމް (ވެލާނާގެ، 5 ވަނަ ފަންގިފިލާ) |
އިޢުލާނާގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 11 މޭ 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މަޢުލޫމާތު ކަރުދާހުގައިވާ ފޯކަލް ޕޮއިންޓަށް ކޮންޓެކްޓް ކުރެއްވުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ.