އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އިޢުލާން - އައްޑޫސިޓީގައި މިހާތަނަށް ރަޖިސްޓްރީ ނުކޮށް ބޭނުން ކުރަމުން ގެންދާ ކަނޑު އުޅަނދުފަހަރުތަކާއި ގުޅޭ
އިޢުލާން
ދިވެހިރާއްޖެ ކަނޑުދަތުރު ކުރުމާއިބެހޭ ޤާނޫނު ނަންބަރު؛ 69/78 ގެދަށުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު އެއްތަނުން އަނެއްތަނަށް އަދި އެއްރަށުން އަނެއް ރަށަށް ކަނޑުދަތުރު ކުރެވޭނީ އެއުޅަނަދެއް ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީ ކޮށްގެން ކަމުގައި ދެންނެވީމެވެ.
ވީމާ، މިސިޓީގައި މިހާތަނަށް ރަޖިސްޓްރީ ނުކޮށް ބޭނުން ކުރަމުން ގެންދާ އުޅަނދުފަހަރުތައް 15 މޭ 2022 ގެ ކުރިން ޤަވާޢިދާއި އެއްގޮތަށް ރަޖިސްޓްރީ ކުރުމަށް އަންގާ އިޢުލާން ކުރީމެވެ. އަދި މިމުއްދަތުގެ ފަހުން ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުފަހަރުތައް މިއިދާރާއިން ޗެކުކުރުމަށްފަހު ފިޔަވަޅު އަޅާނެ ކަމުގައި އަންގާ އިޢުލާން ކުރީމެވެ.
20 ރަމަޟާން 1443 ހ.
21 އެޕްރީލް 2022 މ.
21 އެޕްރީލް 2022
ހޯދާ