| މަޤާމުގެ ޝަރުތު:   | 1. މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށްް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައިވުން. | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ޙަވާލުކުރެވޭ ތާވަލުގައިވާ ގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުން.ސެކްޝަނަށް އަންނަ ފޯނުތަކަށް ޖަވާބުދީ އެޕޮއިންޓްމަންޓްތައް ބެލެހެއްޓުން.ސެކްޝަންގެ އެންޓްރީ ދުވަހުން ދުވަހަށް ނަގާ ކަމާ ބެހޭ ވެރިޔެއްގެ އަރިހަށް ގެންގޮސް އަންގަވާ ގޮތެއްގެ މަތިން ޢަމަލުކުރުން.ކޯސްތަކުގެ އެޕްލިކޭޝަން ފޯމްތައް އިޞްލާޙު ކުރުމާޢި ޗާޕުކުރުމަށް ކަމާ ބެހޭ ސެކްޝަނަށް ޙަވާލުކުރުން އަދި ފޯމުތައް ލިބުމުން އެ ފޯމުތަކުގައި ނަންބަރުޖަހާ ފޯމު ހޯދަން އަންނަ ފަރާތްތަކަށް ތަރުތީބުން ދޫކުރުން.އަނބުރާ ލިބޭ ފޯމްތައް ޗެކްކޮށް ބަލައިގަތުން. އަދި ޗެކްކޮށް ޙަވާލުވާ ފޯމްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯމެޓަށް ކޮމްޕިއުޓަރަށް އެންޓަރކުރުން.ޗެކްކޮށް ޙަވާލުވާ ފޯމްތަކުގެ މަޢުލޫމާތު ކަނޑައެޅިފައިވާ ފޯމެޓަށް ކޮމްޕިއުޓަރަށް އެންޓަރކުރުން.ކޯސްތަކުގައި ބައިވެރިވެވޭ ޝަރުތުތަކާއި ކޯސްތަކަށް ވަނުމަށް ފުރިހަމަކުރަންޖެހޭ އެހެނިހެން ކަންތައްތަކާއި ބެހޭ މަޢުލޫމާތު ކުއްލިއްޔާ/މަރުކަޒު ތަކުން ޤަވާޢިދުން އެއްކުރުން.ދަރިވަރުންގެ ސްޓެޓިސްޓިކްސް ބެލެހެއްޓުން (ކޯސްތައް ވަކި ވަކިން).ސެކްޝަނުން ފޮނުވަންޖެހޭ ލިޔެކިޔުން ކަމާބެހެ ފަރާތްތަކަށް ރައްދުކުރުމަށް ރިސެޕްޝަނާ ޙަވާލުކުރުން. އަދި އެ ތަކެތި އެޑްރެސް ކުރެވިފައިވާ ފަރާތްތަކަށް ރައްދުކުރެވިފައިވޭތޯ ބެލުން.ލެކްޗަރަރއިންނަށް އެހީތެރިވުން.ޤަވާޢިދުން ފައިލްކޮށް ޔައުމިއްޔާ ލިޔުން.އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތު ސެކްޝަނުން ހޯދާއި ތައްޔާރުކޮށް ކަޑައެޅިފައިވާ ޑެޑްލައިނަށް ކަމާ ބެހޭ ސެކްޝަނާ ޙަވާލުކުރުން.ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން. | 
| އުޖޫރައާއި ޢިނާޔަތްތައް: | އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ. | 
|   ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: | 
މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) ނޯޓް: 
އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަން ޖެހޭނެއެވެ.އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ. | 
| ސިޓީ ފޮނުވަންވީ ތާރީޚު:    | 18 ސެޕްޓެންބަރު 2014ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް | 
| އިތުރު މަޢުލޫމާތު: | މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345131 ނަންބަރު ފޯނާއެވެ. |