ދިވެހިރާއްޖެ
1443 ވަނަ އަހަރުގެ ރަމާޟާންމަހު ފިޠުރުޒަކާތް ބަލައިގަތުމުގެ މުއްދަތުވަނީ، ރަމަޟާންމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކުރެވިފައެވެ. ފިޠުރު ޒަކާތް ބަލައިގަތުން ކުރިޔަށްދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 12:00 އަށް އަމީރު އަމީން ސްކޫލުގައެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ 2.4 ކިލޯއެވެ. ޒަކާތް ނެރޭނީ އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ބާވަތަކަށް ބަލައިގެންނެވެ. މިއިދާރާއަށް ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯގެ ގޮވާމުގެ މިންވަރަށްވާ ފައިސާއިންނެވެ. ޒަކާތް ދައްކަވަން ވަޑައިގަންނަވާއިރު އެބޭފުޅަކު ދައްކަވަންޖެހޭ އަދަދަށް ފައިސާ ހަމައަށް ހިއްޕަވައިގެން ވަޑައިގެންނެވުމަށް ދަންނަވަމެވެ. ޒަކާތް ދެއްކުމުގައި ވަރަށް ގިނަފަހަރު އޮޅިގެން އެއްގެއަކަށް ދެފަހަރަށް ޒަކާތް ދެއްކޭގޮތް މެދުވެރިވާތީ، ޒަކާތް ދެއްކުމުގެ ކުރިން އެގެއަކުން ޒަކާތް ދައްކާފައި ނުވާކަން ޔަގީންކުރައްވައި ޒަކާތް ދެއްކުމަށް ވަޑައިގަތުމަށް ދަންނަވަމެވެ. ފިޠުރު ޒަކާތުގެ ގޮތުގައި އެކިއެކި ގޮވާމުގެ ބާވަތްތަކުން ދައްކަންޖެހޭ ފައިސާގެ އަދަދުތައް ތިރީގައި އެވަނީއެވެ.
|
އާދައިގެ ހަނޑޫ |
ތައިލެންޑު ހުދު ހަނޑޫ |
ރަތް ހަނޑޫ |
ގޮދަން ފުށް |
އާޓާ ފުށް |
2.4 ކިލޯ |
-/12 ރުފިޔާ |
-/77 ރުފިޔާ |
-/72 ރުފިޔާ |
-/12 ރުފިޔާ |
-/75 ރުފިޔާ |
|
ބާސްމަތީ ހަނޑޫ (އާދައިގެ) |
ބާސްމަތީ ހަނޑޫ (މޮޅު) |
ބާސްމަތީ ހަނޑޫ (އެންމެ މޮޅު) |
2.4 ކިލޯ |
-/77 ރުފިޔާ |
-/90 ރުފިޔާ |
-/132 ރުފިޔާ |