މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
"ވާރލްޑް ސީ ޓާޓަލް ޑޭ" އާއި ގުޅުވައިގެން ބާއްވާ ފޮޓޯގްރަފީ މުބާރާތް 2022

"ވާރލްޑް ސީ ޓާޓަލް ޑޭ" އާއި ގުޅުވައިގެން ބާއްވާ ފޮޓޯގްރަފީ މުބާރާތް 2022

ޖޫން 16 ވަނަ ދުވަހަކީ ކަނޑުގެ ސަރަހައްދުން ފެންނަ ވެލާ ކަހަނބު ހިމާޔަތްކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާ ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ "ވާރލްޑް ސީ ޓާޓަލް ޑޭ" ދުވަހާއި ދިމާކޮށް، އެ ދުވަހުގެ މުނާސަބަތުގައި ފޮޓޯގްރަފީ މުބާރާތެއް މިމިނިސްޓްރީން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތް އަމާޒުކުރެވިފައިވަނީ އާންމު ރައްޔިތުންނަށެވެ. އަދި މި މުބާރާތުގެ މަޤްސަދަކީ ދިވެހިރާއްޖޭގެ މާހައުލީ ނިޒާމުން ފެންނަ އެކި ވައްތަރުގެ ވެލާކަހަނބާއި ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުވުމާއި، ވެލާކަހަނބު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކާއި، އަދި ވެލާކަހަނބަށް ދިމާވާ ނުރައްކާތަކާއި އެތަކެތި ދެމިތިބުމަށް ދިމާވާ ގޮންޖެހުންތަކަށް އާންމުން ހޭލުންތެރިކުރުވުމާއި ފޮޓޯގެ ޒަރީއާއިން ވެލާކަހަނބުގެ ހާލަތު ބަޔާންކޮށްދިނުމުގެ ފުރުސަތު ހުޅުވާލުމެވެ.

ފޮޓޯތަށް ހުށަހެޅޭނެ ކެޓަގަރީތަށް

ހުށަހަޅާ ފޮޓޯތައް ވާންޖެހޭނީ ދިވެހިރާއްޖޭގެ ސަރަހައްދުގައި ނަގާފައިވާ ފޮޓޯތަކަށެވެ. އަދި ތިރީގައިވާ ކެޓަގަރީއަކަށް ނިސްބަތްވާ ފޮޓޯއަކަށެވެ.

  1. ވެލާކަހަނބު އެތަކެތީގެ މާހައުލުގައި
  2. ވެލާކަހަނބަށް ދިމާވާ ނުރައްކާތައް
  3. ދިވެހިރާއްޖެއިން ފެންނަ އެކި ބާވަތްތަކުގެ ވެލާކަހަނބު

ވަނަތަކާއި އިނާމްތަށް ކަނޑައެޅިފައިވާ ގޮތް

މަތީގައިވާ ކެޓަގަރީތަކަށް ހުށަހަޅާ ފޮޓޯތަކަކުން 1ވަނަ، 2ވަނަ، އަދި 3ވަނަ ހޮވުމަށްވަނީ ހަމަޖެހިފައެވެ.

1ވަނަ: 10،000ރ.
2ވަނަ: 6،000ރ.
3ވަނަ: 3،000ރ.

 

 

މުބާރާތަށް ހުށަހަޅާ ފޮޓޯއާއެކު ފުރިހަމަކުރަންޖެހޭ މަޢުލޫމާތު

މިމިނިސްޓްރީއަށް ފޮޓޯ ހުށަހަޅާނީ އެފޮޓޯއާއި އެކު "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2022 އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރުމަށްފަހު އެފޯމާއި އެކުއެވެ.

އިންސާފުކުރުމުގައި ބެލޭނެ މިންގަނޑުތަށް:

 

މިންގަނޑު

މާކްސް

  1. އުފެއްދުންތެރިކަން

20

  1. ކޮމްޕޮޒިޝަން (ޓެކްނިކަލް ފެންވަރާއި ކޮލިޓީ)

20

  1. ފަންނުވެރިކަމާއި ހުނަރު

20

  1. ކެޓަގަރީއާއި ގުޅުންހުރި މިންވަރު

40

 

 

ފޮޓޯ ހުށަހެޅުމުގައި އެއްފަރާތަކަށް ވަކި އަދަދެއް ކަނޑައެޅިފައެއް ނުވެއެވެ. އަދި މިމުބާރަތުގައި ބައިވެރިކުރާ ފޮޓޯތައް ފޮޓޯގެ ވެރިފަރާތުގެ ހުއްދައަކާއި ނުލައި މިމިނިސްޓްރީގެ ބޭނުންތަކަށް ބޭނުންކުރުމުގެ އިޚްތިޔާރު މިމިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި މިގޮތައް ބޭނުން ކުރެވޭ ފޮޓޯތަކުގައި އެފޮޓޯގެ ވެރިފަރާތައް ފުރިހަމަ ކްރެޑިޓް ދެވޭނެއެވެ.

ފޮޓޯ ހުށަހަޅަންވީ ގޮތް

މިމުބާރާތަށް ފޮޓޯ ހުށަހެޅުމަށް "ފޮޓޯގްރަފީ ކޮމްޕެޓިޝަން 2022 އެޕްލިކޭޝަން ފޯރމް" ފުރުއްވުމަށްފަހު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ ގެ އީމެއިލް އެޑްރެސް، [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިގޮތަށް މެއިލް އިން ފޮނުވާއިރު މިމިނިސްޓްރީއަށް ލިބުނުކަން ކަށަވަރު ކުރެއްވުމަށް ވެސް ދަންނަވަމެވެ. މިފޯމް މިމިނިސްޓްރީގެ ވެބްސައިޓްގެ ލިންކް http://www.environment.gov.mv/v2/en/types/downloads  އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.

މިމުބާރާތަށް ހުށަހެޅޭ ފޮޓޯތައް ބަލައިގަނެވޭނެ އެންމެފަހު ތާރީޚަކީ 26މެއި 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1330 އެވެ. މި މުބާރާތަށް ހުށަހެޅޭ ފޮޓޯތައް 16 ޖޫން 2022 ގައި އިއުލާންކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މުބާރާތައް ހުށަހަޅާ ފޮޓޯތައް އޮންލައިންކޮށް ދައްކާލެވޭނެއެވެ.  

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓްކްނޮލޮޖީ

ގްރީން ބިލްޑިންގ

މާފަންނު،

މާލެ، ދިވެހިރާއްޖެ

26 އޭޕްރިލް 2022
ހޯދާ