ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސޯސިއޭޓް ކައުންސިލް އޮފިސަރ

އިޢުލާނު
މަޤާމު:    އެސޯސިއޭޓް ކައުންސިލް އޮފިސަރ
މަޤާމު ނަންބަރު    J-353817
ބޭނުންވާ އަދަދު:    01
މަޤާމުގެ ގިންތި:    ކޮންޓްރެކްޓް (1 އަހަރު)
މަޤާމުގެ ރޭންކު:    ޖީ.އެސް. 4
މަޤާމުގެ ކްލެސިފިކޭޝަން:    އޮފިސަރ ގްރޭޑް 2
ވަޒީފާ އަދާކުރަން ޖެހޭ ތަން:    ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
މުސާރަ:    -/5020ރ (ފަސްހާސް ވިހި ރުފިޔާ)
ސަރވިސް އެލަވަންސް:    -/1500ރ (އެއްހާސް ފަސްސަތޭކަ ރުފިޔާ)
އެހެނިހެން އެލަވަންސް:    ސަޕޯޓިންގ ކޯ އެލަވަންސް -/700 (ހަތް ރުފިޔާ)
ހަމަޖެހިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:    1.    ކައުންސިލަށް ހުށަހެޅޭ މައްސަލަތައް ރަޖިސްޓްރީކޮށް، މައްސަލަތަކުގެ ރެކޯޑް ބެލެހެއްޓުން
2.    ކައުންސިލަށް ހުށެހެޅޭ މައްސަލަތައް، ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގަވަން ހުންނަވާ ބޭފުޅެއްގެ ލަފާގެ މަތިން މައްސަލަތައް އެޖެންޑާކުރުން
3.    ކައުންސިލް ބައްދަލުވުންތަކުގެ އެޖެންޑާ ތައްޔާރުކޮށް ފޮނުވަންޖެހޭ ދުވަހަށް މެމްބަރުންނަށް ފޮނުވުން
4.    ކައުންސިލްގެ އާންމު އަދި ކުއްލި ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން
5.    ކައުންސިލްގެ މަޝްވަރާ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުން
6.    ކައުންސިލްގެ ބައްދަލުވުންތަކަށް ހާޒިރުވެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
7.    ކައުންސިލުން އެކި ފަރާތްތަކާއެކު ބާއްވަން ކަނޑައަޅާ ބައްދަލުވުންތަކުގެ އެންހައި އިންތިޒާމްތައް ހަމަޖެއްސުން
8.    ކައުންސިލުން ނިންމާ ނިންމުންތަކާއި ގުޅިގެން ވަކި ޔުނިޓަކަށް ނިސްބަތްނުވާ ނިންމުންތަކާގުޅޭ އިދާރީ މަސައްކަތްތައް ފުރިހަމަކުރުން
9.    ކައުންސިލްގެ ނިންމުންތައް ޢާންމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން އަދި އަންގަންޖެހޭ ޔުނިޓްތަކަށް އެކަންކަން އެންގުން
10.    ކައުންސިލުން ކުރާ ރަސްމީ ދަތުރު ތަކުގައި ބައިވެރިވެ ދަތުރު ރިޕޯޓް ތައްޔާރުކޮށް ބެލެހެއްޓުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
11.    ކައުންސިލް ބައްދަލުވުންތަކުގެ ފޮޓޯއާއި ވީޑިއޯ އަދި އޯޑިއޯ ނަގައި ބެލެހެއްޓުން
12.    ކައުންސިލްގެ ވެބްސައިޓް ދުވަހުން ދުވަހަށް އަޕްޑޭޓް ކޮށް ބެލެހެއްޓުން
13.    ކައުންސިލްގެ ސޯޝަލް މީޑިއާ ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން
14.    ކައުންސިލްގެ ރައީސް އަދި މެމްބަރުން ބައިވެރިވާ ރަސްމީ ދަތުރު ތަކުގެ އިންތިޒާމް ބެލެހެއްޓުން
15.    ކައުންސިލްގެ މެމްބަރުންގެ ރަސްމީ ހާޟިރީ އާއި ޢާންމު އަދި ކުއްލި ޖަލްސާތަކުގެ ހާޟިރީ ބެލެހެއްޓުން
16.    ކައުންސިލް ބައްދަލުވުންތަކުގެ މުހިންމު ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން
17.    ކައުންސިލްގެ ރައީސް ނުވަތަ ކައުންސިލް ހިންގުމާއި ޙަވާލުހުރި ވެރިއެއް އަންގަވާ ރަސްމީ މަސައްކަތްތައް ކުރުން
18.    އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިދާރީ މަސައްކަތްތައް ކުރުން
19.    ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
20.    ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
މަޤާމުގެ ޝަރުޠުތައް:    1.    ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައި ވުމާއެކު، 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ނުވަތަ،
2.    މަތީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑްރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑްރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ގުޅޭ ދާއިރާ (ކޯ ޑިސިޕްލިން)
1.    އެޑްމިނިސްޓްރޭޝަން
2.    މެނޭޖްމަންޓް

ނޯޓް: ކޯ ޑިސިޕްލިން ނުވަތަ ޕްރިފަރޑް ޑިސިޕްލިން އާއި ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ، އެފަރާތަކަށް ކްރައިޓީރިއާގައި ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު އެފަރާތަކަށް ލިބިގެން ދާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
    1.    ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލްގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)
https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
2.    ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
3.    ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓުފިކެޓު، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.
4.    ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
5.    ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާސްންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ، މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
6.    މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮޕފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތެ ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަނާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފއިވާ ތަނުގެ މުވައްޒަގުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދައުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި  މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ސިވިލް ސަރވިސްގެ ރެކްރޫޓަމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:    1.    އަސާސީ ޝަރުތު ހަމަވުމުން %30
2.    މަޤާމަށް ކަނޑައަޅާފައިވާ ކޯ ނުވަތަ ޕްރިފަރޑްޑިސިޕްލިންއާގުޅޭ ސަނަދެއްނަމަ %5
3.    ޝަރުތު ހަމަވުމަށްބޭނުންވާ ސަނަނދަށްވުރެ މަތީ ސަނަދެއް އޮތް ނަމަ %5
4.    ތަޖުރިބާ %5
5.    އިމްތިޙާނު %20
6.    އިންޓަރވިއު %35
ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާނަމަ، އެފަރާތަކަށް ޕްރިފަރޑް ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:    މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 މެއި 2022 ގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ނައިފަރުކައުންސިލްގެ އިދާރާ އަށެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅުއްވާނަމަ ([email protected])  އީމެއިލް ކުރެއްވުން އެދެމެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ޝޯޓްލިސްޓްކުރުން:
    މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:    މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 13 މެއި 2022 އާއި 21 މޭ 2022 އާ ދެމެދު، ފާދިއްޕޮޅު ނައިފަރު ކައުންސިލް އިދާރާގައެވެ.
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން    އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620127 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.
ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (https://www.csc.gov.mv/download/2021/51/bc9943be-7f77-4a2f-b87c-e2dd8f98fb2f.pdf) އިން ލިބެން ހުންނާނެއެވެ.


25 އެޕްރީލް 2022
ހޯދާ