ވަޒީފާގެ ފުރުޞަތު
|
ނަންބަރު: 198A/2022/60
|
ތާރީޚް: 25 އެޕްރީލް 2022
|
މަޤާމު
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ (ކޮންޓްރެކްޓް)
|
ރޭންކް: ޖީ.އެސް 3
|
މުއްދަތު
|
1 އަހަރު
|
ޢަދަދު
|
01
|
ކްލެސިފިކޭޝަން
|
އޮފިސަރ ގްރޭޑް 1
|
މަސައްކަތްކުރަންޖެހޭ ތަން
|
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
|
އަސާސީ މުސާރަ
|
-/4,465 ރުފިޔާ
|
މިމަޤާމަށް ލިބޭ އެލަވަންސް
|
- ޖުޑީޝަލް އެލަވަންސް: -/1,786 (އަސާސީ މުސާރައިގެ %40)
- ސަރވިސް އެލަވަންސް: -/1,500
- ލިވިންގ އެލަވަންސް: -/2550
- ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
- ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ
|
އަސާސީ ޝަރުޠު
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތީޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޚާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ،
- މަޤާމުގެ މަސައްކަތް ގުޅޭ ތައުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
|
އެހެނިހެން ޝަރުތު
|
- ވަޒީފާއަށް އެދި ހުށަހަޅާއިރު، މިލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.
- ޝަރުޢީދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011ގެ 70 ވަނަ މާއްދާގެ (ހ)ގެ 6 އަދި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދަ ޢާއިލީ ގާތްކަމެއް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފަކާ ހުރި ފަރާތެއްކަމުގައި ނުވުން.
|
މަޤާމުގެ މަސްއޫލިއްޔަތުތައް
|
- ކޯޓުން ވަރީގެ ރެޖިސްޓްރީ / ވަރީގެ ދަފްތަރު ބެލެހެއްޓުމާއި، ވަރީގެ މައްސަލަތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ވަރީގެ ސެޓްފިކeޓްތައް ތައްޔާރުކުރުން.
- އެހެނިހެން ކޯޓުތަކުން ނިންމާ، ވަރީގެ މައްސަލަތަކާއި ގުޅިގެން، މިކޯޓަށް ހުށައެޅިގެން ތައްޔާރުކުރަންޖެހޭ ވަރީގެ ސެޓްފިކެޓްތައް ތައްޔާރުކުރުން.
- ޢިއްދަ ހަމަކުރަން ހުށައަޅާ ވަރީސެޓްފިކެޓްތަކުގެ ޢިއްދަ ހަމަކުރުވެނުކަމުގެ ތައްގަނޑު ޖަހައި، ވަރިސާބިތުކުރެވުނު ކޯޓަށް އެކަން އެންގުން.
- ވަރީގެ ސެޓްފިކެޓްއަށްއެދި ހުށައަޅާ ފޯމްތަކާއި، ޢިއްދަހަމަކުރަންއެދި ހުށައަޅާ ފޯމުތައް ފައިލްކޮށް ބެލެހެއްޓުން.
- އެހެނިހެން ކޯޓުތަކުން އެދިގެން ނަގައިދޭންޖެހޭ ބަޔާންތައް ނެގުމުގެ އިދާރީ މަސައްކަތްކުރުމާއި، ބަޔާންނެގުމުން، ރަށުކޯޓުތަކަށް އެބަޔާންތައް ފޮނުވުމުގެ މަސައްކަތްކުރުން.
- އެހެނިހެން ކޯޓުތަކުން އެދިގެން ކުރިޔަށްގެންދާ ވީޑިއޯ ކޮންފަރެންސް ޝަރީޢަތްތައް ކުރިޔަށް ގެންދިޔުމަށްޓަކައި، ކޯޓަށް މީހުން ހާޟިރުކޮށް، އެކޯޓުތަކުގެ ޝަރީޢަތް ހިންގޭނެ އިންތިޒާމް ހަމަޖެއްސުން.
- އެހެނިހެން ކޯޓުތަކުން ކުރިޔަށްގެންދާ ޝަރީޢަތްތަކާއި ގުޅިގެން، އެކިފަރާތްތަކަށް ރައްދުކުރަންޖެހޭ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓް، ޖޫރިމަނާ ޗިޓް އަދިވެސް މިބާވަތުގެ ލިޔެކިޔުންތައް ރައްދުކުރުމުގެ މަސައްކަތްކުރުން.
- ކޯޓުގެ އިންފޮމޭޝަން އޮފިސަރުގެ މަސްޢޫލިއްޔަތު އަދާކުރުން.
- ޝަރީޢަތްކުރާ ސެކްޝަންތަކުން ނިންމާ މައްސަލަތަކުގެ ފައިލްތައް ސްކޭންކޮށް އަރުޝީފަށް ފޮނުވުމުގެ މަސައްކަތްކުރުން.
- ކޯޓުގެ ޙުކުމް ތަންފީޒު ސެކްޝަން ހިންގައި، ކޯޓުން އިސްނަގައިގެން ކުރިޔަށް ގެންދަންޖެހޭ މައްސަލަތައް ހިންގައި، ބަލަހައްޓައި، އެކަން ކުރިޔަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖެއްސުން.
- ތާވަލާއި އެއްގޮތަށް ކޯޓު ހުޅުވާ ލެއްޕުން.
- ކޯޓުން ބޭރުގައި ބޭއްވޭ ކައިވެނީގެ މަޖިލިސްތަކަށް ހާޟިރުވުން.
- ޢިއްދަހަމަކުރުމަށްއެދި ހުށައަޅާ ވަރީގެ ސެޓްފިކެޓްތަކުގެ އިއްދަ ހަމަކޮށްދިނުން.
- ވަރި/ ކައިވެންޏާއި ގުޅިގެން އެހެނިހެން ކޯޓުތަކުން އެދިގެން ސާފުކުރަންޖެހޭ މަޢުލޫމާތު ސާފުކޮށްދިނުމާއި، ކުށާއި ދަރަނީގެ ރެކޯރޑް ސާފުކޮށްދިނުން.
|
ތަޢުލީމީ ރޮނގު
|
- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް
|
ގުޅޭ ވަޒީފާގެ ދާއިރާތައް
|
- ބިޒްނަސް އެޑްމިނިސްޓެރޭޝަން / ހިއުމަން ރިސޯސް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
ހުށަހަޅަންޖެހޭ ތަކެތި
|
- ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ މަޢުލޫމާތު ސްލިޕް.
- ކުރިމަތިލާ ފަރާތުގެ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ޖީސީއީ އޯލެވެލް އަދި އޭލެވެލް ސެޓްފިކެޓް ތަކުގެ ކޮޕީ.
- ލިބިފައިވާ މަތީ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.
- ކުރު މުއްދަތުގެ ޓްރެއިނިންގ ޕްރޮގްރާމްތަކާއި، ކޯސްތަށް ފުރިހަމަކުރިކަމުގެ ލިޔުންތަކުގެ ކޮޕީ.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖެއިން ބޭރުގެ ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް ހުށަހެޅުމާއި، އަދި ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކުން ސެޓްފިކެޓް އެކްރެޑިޓްކޮށް ހުށަހެޅުން.
- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައަޅާފައިވާ ފެންވަރުގެ ކޯހެއް ރާއްޖޭގައި ތަޢުލީމުދޭ މަރުކަޒަކުން ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވި ކަމުގެ ރަސްމީ ލިޔުން ހުށަހެޅުމަށާއި، އަދި ފުރިހަމަކޮށްފައިވާ ކޯހަކީ ރާއްޖެއިން ބޭރުގެ ޔުނިވަރސޓީއަކާ ގުޅިގެން ރާއްޖޭގައި ތައުލީމުދޭ މަރުކަޒަކުން ކުރިއަށް ގެންގޮސްފައިވާ ކޯހެއް ނަމަ އެކަން އެނގޭނެ ރަސްމީ ލިޔުމާއެކު ސެޓްފިކެޓް ހުށަހެޅުން.
- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްޢޫލިއްޔަތު އިނގޭނެ ލިޔުންތަކުގެ ކޮޕީ.
- ދައުލަތް ނުވަތަ ދައުލަތް ހިއްސާވާ ކުންފުންޏެއް ފިޔަވައި އިތުރު ތަނެއްގައި މަސައްކަތް ކުރައްވާނަމަ ނުވަތަ ކޮށްފައިވާނަމަ އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު އެނގޭނެ ލިޔުމެއް ހުށަހެޅުން.
|
ސުންގަޑި
|
2022 މެއި 11 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢުލޫމާތު
|
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމާއި ފޯމާއެކު ފުރިހަމަކޮށް ހުށަހަޅަންޖެހޭ މަޢުލޫމާތު ސްލިޕް މިޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
- މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 3340852 / 3340851
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް
|
ކޮމްޕިޓަންސީ ދާއިރާ
|
މާކްސް ކަނޑައެޅިފައިވާ އިންސައްތަ (%)
|
ލިބިފައިވާ ތަޢުލީމް
|
30%
|
މަސައްކަތު ތަޖުރިބާ
|
10%
|
މަސައްކަތައް ބޭނުންވާ ހުނަރު
|
10%
|
އިންޓަރވިއު
|
50%
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް
|
- ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް މުއާމަލާތުކުރަން އެނގުން.
- ވަޒީފާއާއި ބެހޭ ޤާނޫނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދަށް އަހުލުވެރި ފަރާތަކަށްވުން.
- އެޗްއާރު ސޮފްޓްވެއަރތައް ބޭނުންކޮށްގެން މަސައްކަތް ކުރަން އެނގޭނެ ފަރާތަކަށްވުން.
- މައިކްރޯސޮފްޓް ފެކޭޖް އެޑްވާންސް ފެންވަރެއްގައި ބޭނުންކުރަން އެނގުން.
|