މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

     

        މި އޮތޯރިޓީގެ ނަންބަރު IL/2022/780  (12 އޭޕްރިލް 2022) އިޢުލާން އާއި ހަވާލާދީ ދަންނަވަމެވެ. 1443  ވަނަ އަހަރުގެ ފިޠުރު ޢީދާއި ގުޅިގެން ބަންދުވާ ހަފްތާގައި މި އޮތޯރިޓީ އާއި ބޭންކްތަކުން ބޭންކިންގ ޙިދުމަތް ދިނުމަށް ކުރިން ހަމަޖެހިފައިވާ 04 މެއި 2022 ވާ ބުދަ ދުވަހުގެ ބަދަލުގައި 30 އޭޕްރިލް 2022 ވާ ހޮނިހިރު ދުވަސް ހަމަޖެއްސި ވިކަމުގައި ދެންނެވީމެވެ. މި ދުވަހުގައި މި އޮތޯރިޓީން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް ތިރީގައި މިދަންނަވަނީއެވެ.

 

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 09:30 އިން މެންދުރު 12:00 އަށް.

ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންނެވެ.

 

  • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 09:30 އިން މެންދުރު 12:00 އަށް.

 

        ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

24 އޭޕްރިލް 2022
ހޯދާ