މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
އިޢުލާން

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ތިރީގައި މި ދަންނަވާ މަޤާމްތަކުގައި ޚިދުމަތްކުރުމަށް ހުނަރުވެރި ޤާބިލް އަދި އިޚްލާސްތެރިކަމާ ތެދުވެރިކަމާއެކު ކުރިއަށް ދިއުމަށް ޝަޢުޤުވެރިވާ މީހުން ބޭނުންވެއެވެ. މި ވަޒީފާތަކަކީ ދެ ޖިންސްގެ މީހުންނަށް ވެސް ހަމަހަމަ ފުރުޞަތު އޮތް ވަޒީފާތަކެކެވެ.

މަޤާމް:

އެސިސްޓެންޓް ކައުންސެލް

ސެކްޝަން/ޑިވިޜަން:

ލީގަލް ސެކްޝަން / ގަވަރުނަރސް އޮފީސް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖްރިބާ

  • ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • ރާއްޖޭގެ ޤާނުނުތަކާ ޤަވާއިދުތަކާ އަދި ރާއްޖޭގެ ކޯޓުތަކުގެ އިޖުރާޢަތްތަކާ ބެހޭ މައުލޫމާތު ހުރުން.
  • ފަރިތަކަމާއެކު ދިވެހި އަދި އިނގިރޭސި ބަހުން (ޢާއްމު އަދި ޤާނޫނީ ބަސްމަގުން) ލިޔެކިޔުމުން މުޢާމަލާތުކުރުމުގެ ހުނަރާ ތަޖްރިބާ ލިބިފައިވުން
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ މަސައްކަތްތަކާއި ގުޅޭގޮތުން ދިމާވާ އެކިއެކި ޤާނޫނީ މައްސަލަތަކުގައި ލަފާދިނުމާއި އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ތައްޔާރު ކުރުމާއި އެމްއެމްއޭގެ މަސައްކަތްތަކަށްް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ޑްރާފްޓް ކުރުމާ ތަރުޖަމާ ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

ޕޭމަންޓް ސިސްޓަމްސް ލައިސެންސިންގ އެންޑް ޑިވެލޮޕްމަންޓް ސެކްޝަން / ޕޭމަންޓް ސިސްޓަމްސް އެންޑް އޯވަރސައިޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

02 (ދޭއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • ފިންޓެކް ނުވަތަ ބޭންކިން ނުވަތަ ބޭންކިން އެންޑް ފައިނޭންސް  ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މިތިން ދާއިރާކުރެ ދާއިރާއަކާ ގުޅުން ހުރި ދައިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • މޯލްޑިވްސް ޕޭމަންޓް ސިސްޓަމްސް ގާއިމް ކުރުކުރުމަށް ބޭނުންވާ ޔޫސަރ އެކްސެޕްޓަންސް ޓެސްޓް ކުރުމުގެ މަސައްކަތް ކުރުން.
  • ޕޭމަންޓް ސިސްޓަމް ގާއިމް ކުރުމުގެ ޕްރޮޖެކްޓާއި ގުޅުން ހުރި އެކިއެކި ފަރާތްތަކާއި މުއާމަލާތްކޮށް ޕްރޮޖެކްޓް ޤާއިމްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • ޕޭމަންޓްސް ޕްރޮޖެކްޓް އާއި ގުޅޭގޮތުން ތައްޔާރުުކުރަންޖެހޭ އެކިއެކި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސިޖަރސްތައް ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  • ރާއްޖޭގައި ބޭނުން ކުރަމުންދާ ޕޭމަންޓްސް ސިސްޓަމްތަކުގެ އޮޕަރޭޝަނަލް މަސައްކަތްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ބޭންކިންގ ސްޕަރވިޝަން ސެކްޝަން / ބޭންކިންގ ސުޕަރވިޝަން ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • ބޭންކިން، ފައިނޭންސް، އެކައުންޓިންގެ، ސްޓެޓިސްޓިކްސް ނުވަތަ އައިޓީގެ ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހަމަޖެއްސުމުގައި އައިޓީ ދާއިރާއިން ތައުލީމް ހާޞިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބޭންކްތައް ސްޕަވައިޒްެ ކުރުމުގެ ގޮތުން ކުރަންޖެހޭ އޯފް-ސައިޓް ސަރވެލިއަންސް މަސައްކަތާއި އޮން-ސައިޓް ސުޕަރވިޝަންގެ އެންމެހާ މަސައްކަތްތައް އަދި ބޭންކުތަކުގެ ސައިބަރ ސެކިއުރިޓީގެ ރިސްކުތައް އެސެސްކުރުމުގެ މަސައްކަތްތައް
  • ބޭންކިންގެ ޚިދުމަތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒުކުރުމަށް ބޭނުންވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް މަސައްކަތްތަކަށް އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ފައިނޭންޝަލް މެނޭޖްމަންޓް އެންޑް ރިޕޯޓިން ސެކްޝަން/ފައިނޭންޝަލް ކޮންޓްރޯލްސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ:

  • އޭސީސީއޭގެ ޕްރޮފެޝަނަލް ލެވެލް ފުރިހަމަކޮށްފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • އެމްއެމްއޭގެ ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އިންޓަރނޭޝަނަލް ފައިނޭންޝަލް ރިޕޯޓިންގ ސްޓެންޑަރޑްސް (އައިއެފްއާރުއެސް) އާ އެއްގޮތަށް ތައްޔާރު ކުރުން.
  • މެނޭޖްމަންޓަށް ބޭނުންވާ ފައިނޭންޝަލް ރިޕޯޓްތައް ތައްޔާރުކޮށް ހުށަހެޅުން.
  • އެކައުންޓިން ކޮންޓްރޯލްސް ތަކުގެ ޕްރޮސީޖާތައް އެކުލަވާލުމާއި އެ ޕްރޮސީޖާތައް ގާއިމްކޮށް ތަންފީޒު ކުރުމުގައި އެހީތެރިވެދިނުން.
  • ފައިނޭންޝަލް ޑޭޓާބޭސް އެއް ގާއިމު ކުރުމާއި ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  • ފައިނޭންޝަލް ސްޓޭޓްމަންޓްސްތައް އެނަލައިޒް ކުރުމާއި ސްޓޭޓްމަންޓްސް ތަކުގައި ދިމާވާ މައްސަލަތައް ހައްލު ކުރުން.
  • އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓަރުންނާ އެކުގައި އޮޑިޓްގެ މަސައްކަތްކުރުމުގައި މުޢާމަލާތުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓަންޓް މެނޭޖަރ 

ސެކްޝަން/ޑިވިޜަން:

އިންޓަރނަލް އޮޑިޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި ހުނަރު

  • އޭސީސީއޭ  ނުވަތަ ސީޕީއޭގެ އެފިލިއޭޓް ލެވެލް ނުވަތަ ސީމާގެ ސްޓެރެޓެޖިކް ލެވެލް ފުރިހަމަކޮށްފައިވުން،  ނުވަތަ އިންޓަރނަލް އޮޑިޓްގެ ދާއިރާއިން ލެވެލް 7ގެ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ލިބިފައިވުން ނުވަތަ އެކައުންޓިން އެންޑް ފައިނޭންސް  ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.  ޑަބަލް މޭޖަރ އެއްގެ ގޮތުގައި އިކޮނޮމިކްސް، ބޭންކިން އެންޑް ފައިނޭންސް، ޑޭޓާ އެނަލިޓިކްސް ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކިޔަވާފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގައި އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • ވަޒީފާއަށް މީހަކު ހޮވުމުގައި އިންޓަރނަލް އޮޑިޓްގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

އެމްއެމްއޭގެ އެކައުންޓިން އަދި އިދާރީ މަސައްކަތްތައް ހިނގަމުންދަނީ ކަނޑައަޅާފައިވާ މިންގަނޑުތަކާއި ކޮންޓްރޯލްސްތަކާ އެއްގޮތަށްތޯ ބަލައި އިންޓަރނަލް އޮޑިޓް އެންގޭޖްމެންޓްތައް ހެދުމާއި މެނޭޖްމަންޓާއި ޑިރެކްޓަރުންގެ ބޯޑުން ބޭނުންވާ ރިޕޯޓްތައް ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ސެކްޝަން/ޑިވިޜަން:

ރިޒަރވް މެނޭޖްމެންޓް ސެކްޝަން / ރިޒަރވް މެނޭޖްމެންޓް އެންޑް މަރކެޓް އޮޕަރޭޝަންސް ޑިވިޜަން

ބޭނުންވާ ޢަދަދު:

01 (އެކެއް)

ތަޢުލީމީ ފެންވަރާއި ތަޖުރިބާ

  • ފައިނޭންސް އެންޑް އިކޮނޮމިކްސް ނުވަތަ ބޭންކިން އެންޑް ފައިނޭންސް ނުވަތަ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.
  • އައިޖީސީއެސްސީ ނުވަތަ ޖީސީއީ އޯލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނެއްގެ އިނގިރޭސި މާއްދާއިން "ބީ" ފާސް ނުވަތަ އެއަށްވުރެން މަތީ ފާހެއް ހާސިލް ކޮށްފައިވުން.
  • ވަޒީފާ ހަމަޖެއްސުމުގައި ފައިނޭސްގެ ދާއިރާއިން ތައުލީމާ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ބޭރުފައިސާގެ އިންވެސްޓްމެންޓް ޕޯޓްފޯލިއޯ ފުޅާކުރުމުގެ ގޮތުން އެކިއެކި އެސެޓް ކްލާސް ތަކުގައި އިންވެސްޓް ކުރުމުގެ މަސައްކަތް ކުރުން.
  • ބޭރު ފައިސާގެ މާރކެޓް އެނަލައިޒްކޮށް ބޭރު ފައިސާ އިންވެސްޓް ކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.
  • އެމްއެމްއޭގެ ބޭރު ފައިސާގެ ރިޒަރވް ބެލެހެއްޓުމާއި މެނޭޖްކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.

މުސާރަޔާއި އިނާޔަތްތައް

16,000.00 – 20,800.00 ރުފިޔާ

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ސެކްޝަން:

ސެކިއުރިޓީ ސަރވިސަސް ސެކްޝަން / ބިލްޑިންގ، ޕްރޮޕަޓީ އެންޑް ސެކިއުރިޓީ މެނޭޖްމަންޓް ޑިވިޝަން

ބޭނުންވާ ޢަދަދު:

  • 01 (އެކެއް)

ތަޢުލީމީ ފެންވަރާއި ޝަރުތު:

 

  • ޖީސީއީ އޭލެވެލް ފެންވަރު ހުރުން ނުވަތަ އޯލެވެލް އިމްތިޙާނުގެ 3 (ތިނެއް) މާއްދާއިން ފާސްވެފައިވުން.
  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވޭނޭ ފަރާތަކަށްވުން.
  • ސެކިއުރިޓީ ޓްރޭނިންގ ހެދުމަށް އިއުތިރާޒް ނުކުރާ ފަރާތަކަށްވުން.
  • އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތަކަށްވުން.
  • ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ޞިއްޙަތެއްގައިވާ ފަރާތަކަށްވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސީސީޓީވީއާއި އެކްސެސް ކޮންޓްރޯލް ސިސްޓަމް ފަދަ ސެކިއުރިޓީ ނިޒާމް ބޭނުންކޮށްގެން އެމްއެމްއޭގެ އިމާރާތާއި ތަކެއްޗާއި މުވައްޒަފުންނާއި ޚިދުމަތް ހޯދުމަށް އަންނަ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތައް.
  • އިމާރާތާއި އިމާރާތަށް ވަދެނުކުމެއުޅޭ ފަރާތްތައް މޮނިޓަރކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް، ކަނޑައެޅޭ ސެކިއުރިޓީ ޕޯސްޓްތަކުގައި ތިބުން.

މުސާރަޔާއި އިނާޔަތްތައް

  • 7,000.00 – 12,000.00 ރުފިޔާ

ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ސުންގަޑި

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)
  • ތައުލީމީ ސެޓްފިކެޓްގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • ޑިގްރީ ސެޓްފިކެޓް ލިބިފައިނުވާނަމަ ކޯސް ނިމުނު ކަމުގެ ރަސްމީ ލިޔުމެއް.
  • ދިވެހިރައްޔިތެއް ކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ސްކޫލް ލީވިން ސެޓްފިކެޓް (ލިބިފައިވާނަމަ)
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއް ނަމަ ވަޒީފާ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ތަނުގެ ރަސްމީ ލިޔުމެއް
  • ދަޢުލަތުގެ އެއްވެސް އިދާރާއަކަށް ޚިދުމަތް ކުރަން ޖެހިފައިވާނަމަ، އެ އިދާރާއަކުން މި އޮތޯރިޓީގެ ވަޒީފާއަށް ދޫކޮށްދޭނެކަމުގެ ލިޔުމެއް

ސުންގަޑި

27 އޭޕްރިލް 2022  ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް

ނޯޓް: ވަޒީފާތަކަށް ކުރިމަތިލުމަށް ބޭނުންކުރައްވާނީ careers.mma.gov.mv މި ލިންކްގައިވާ ޕޯޓަލްއެވެ. އަދި މި ވަޒީފާތަކާ ބެހޭ އިތުރު މަޢުލޫމާތާއި ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ އެޕްލިކޭޝަން ސްޓޭޓަސް މި ޕޯޓަލްއިން ފެނިވަޑައިގަންނަވާނެއެވެ.

މި ވަޒީފާތަކަށް ޝަރުޠު ހަމަވާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ސުންގަޑި ހަމަވާ ދުވަހާޖެހިގެން އަންނަ ދުވަހުން ފެށިގެން 07 ދުވަހު (ރަސްމީ ބަންދު ނޫން) ގެ ތެރޭގައި އިންޓަރވިއުއަށް ދަޢުވަތު ދެވޭނެއެވެ.

ޝޯޓް ލިސްޓްކުރުމުގައި މައިގަޑު އަސާސެއްގެ ގޮތުގައި ބަލާނީ އެ ވަޒީފާއަކަށް ކަނޑައަޅާފައިވާ ތައުލީމީ ފާހުގެ ނަތީޖާއަށާއި އިނގެރޭސި ބަހުގެ ނަތީޖާއަށެވެ.

20 އޭޕްރިލް 2022
ހޯދާ