މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
އޮފީސް އެސިސްޓަންޓް
އެމް.އެފް.އެމް.ސީ ކެޕިޓަލްދިވެހިރާއްޖެ
އިޢުލާން ނަންބަރު: MFMC/I/2022/10
އޮފީސް އެސިސްޓަންޓް
މި މަޤާމަކީ ކުންފުނީގެ ފަރާތުން ބާއްވާ އެކިއެކި ބައްދަލުވުންތަކުގައި އިދާރީ އިންތިޒާމް އެހީތެރިކަން ފޯރުކޮށްދީ، ކުންފުނީގެ އޮފީސްތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި، އަދި އެހެނިހެން އިދާރީ މަސައްކަތްތައް ކުރުމަށް ޚާއްޞަ މަޤާމެކެވެ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- އެކިއެކި ބައްދަލުވުންތަކަށް އިދާރީ އިންތިޒާމް ހަމަޖެއްސުން
- އޮފީހުން އިންތިޒާމްކޮށްގެން ބާއްވާ އެކިއެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.
- އޮފީހުގެ މެއިންޓެނަންސާއި މަރާމާތާގުޅޭ މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ސުޕަވައިޒްކޮށް ބެލެހެއްޓުން./ އޮފީސް ފޮޅާ ސާފުކޮށް ބެލެހެއްޓުން
- އޮފީހުގެ ސާފުތާހިރުކޮށް ބެލެހެއްޓުމާ ގުޅޭގޮތުން ސުޕަވައިޒަރު އަންގާ މަސައްކަތްކުރުން.
- އޮފީހުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި ތަކެތި އެފަރާތްތަކަށް ރައްދުކުރުން.
- ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކަށް އިދާރީ އެހީތެރިކަން ފޯރުކޮށްދިނުން
- ކުންފުނި އަދި މަސައްކަތާ ގުޅިގެން އޮފީހުން އަންގާ އެހެނިހެން ކަންކަން ކުރުން.
މަޤާމުގެ ޝަރުތު:
- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ހުރުން
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ ހީވާގި މީހެއް ކަމުގައިވުން
- މި މަޤާމުގެ ވާޖިބުތަށް އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން
މުސާރަ: (8000 - 9000) ރުފިޔާ
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 26 އެޕްރީލް 2022 ވަނަ ވާ އަންގާރަ ދުވެހުގެ 14:00 ކުރިން ތިރީގައި ދަންނަވާފައިވާ ލިޔެކިޔުންތައް އޮންލައިން އެޕްލިކޭޝަން ފޯމް (https://form.jotform.com/220221737181447) މެދުވެރިކޮށް ފޮނުވުމަށް އެދި ދަންނަވަމެވެ.
- އައިޑީ ކާޑު ކޮޕީ
- ސީވީ
- ސެޓްފިކެޓް ކޮޕީ (ހާސިލްކޮށްފައިވާނަމަ)
- ވަޒީފާ އަދާކޮށްފައިވާ ނަމަ ނުވަތަ ވަޒީފާ އަދާކުރަމުންދާނަމަ މަސައްކަތްކޮށްފައިވާ އޮފީހަކުން ދޫކޮށްފައިވާ ލިޔުން(ތައް).
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3316362 ނުވަތަ އީމެއިލް ކުރައްވާނީ [email protected] އަށެވެ.
20 އެޕްރީލް 2022
ހޯދާ