މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫގައި ދުއްވާ އެއްގަމާއި ކަނޑު އުޅަނދު ތަކުގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

ޤާނޫނު ނަންބަރ 2010/7 (ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) އަށް ގެނެވުނު 8 ވަނަ އިސްލާޙާއި ގުޅިގެން، ކައުންސިލުތަކަށް ބަދަލުކުރަންޖެހޭ ފީތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ، އެއުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ރަށް ނުވަތަ ކައުންސިލަކަށް ބަދަލު ކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ކުރައްވަމުން ގެއްދަވާތީ، އެމިނިސްޓްރީ އަށް ހުށަހެޅުމަށް މިރަށުގައި ދުއްވާ އެންމެހާ، އެއްގަމާއި ކަނޑު އުޅަނދުފަހަރުގެ ދަފްތަރެއް އެކުލަވާލަން ބޭނުންވެއެވެ.

ވީމާ، މިރަށުގައި ދުއްވާ އެންމެހާ، އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ މަޢުލޫމާތު (އެއުޅަދެއްގެ ރަޖިސްޓްރީގެ ކޮޕީ އަދި ވެރިފަރާތުގެ މޯބައިލް ނަންބަރު) މިއިދާރާގެ ވައިބަރ ނަންބަރ 9540063 އަށް، ނުވަތަ  [email protected]  އަށް 2022  އެޕްރީލު 26 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޮނުވައި ދެއްވުން އެދެމެވެ.

19 އޭޕްރިލް 2022
ހޯދާ