ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ހޯދުމަށް

ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ޢަމަލީ އިމްތިޙާނު ދިނުމަށް އެގުޒަމިނަރުން ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު 02 ( ދޭއް )

ޝަރުތު

  • ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް (A,B,C,D,G) އޮތް މީހަކު ކަމުގައިވުން.
  • ސްކިޕަރ ކްލާސް 5 ނުވަތަ ނިޔަމި ކަމުގެ ސަނަދު 1 ، 2 ފުރިހަމަ ކޮށްފައިވާ މީހަކު ކަމުގައިވުން.
  • މިއިދާރާގެ އެގުޒަމިނަރު ކަންކުރަމުންދާ މީހަކު ކަމުގައި ނުވުން.  
  • ފާއިތުވި ތިން އަހަރު ކަނޑުއުޅަނދު ދުއްވުމުގެ ޤަވާޢިދާޚިލާފުވެ ކުށެއްކޮށްފައި މީހަކު ކަމުގައި ނުވުން.( 3 މަސް ހަމަނުވާ ޕޮލިސްރިޕޯޓް ހުށަހަޅަންވާނެއެވެ.)
  • ޑްރައިވިން ސްކޫލެއްގެ ޙިއްޞާ އޮންނަ ފަރާތެއްކަމުގައި ނުވުން.
  • މިއިދާރާގެ މުވައްޒަފަކު ކަމުގައި ނުވުން.

އެގުޒަމިނަރުކަން ކުރާފަރާތްތަކަށް ބޭރުގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/50ރ (ފަންސާސް) ރުފިޔާ އަދި އެތެރޭގައި އިންޖީނުއެޅި އުޅަނދުފަހަރުގެ ކޮންމެ ކެޓެގަރީއަކަށް -/75ރ (ހަތްދިހަފަސް) ރުފިޔާގެ އެލަވަންސެއް ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއި، އައިޑީކާޑް ކޮޕީއާއެކު 28 އޭޕްރީލް 2022 ވަނަ ދުވަހު 13:00ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

17 އޭޕްރިލް 2022
ހޯދާ