ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ފައިބަރ އޮޕްޓިކަލް ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުން

ލ.އިސްދޫގައި ކޭބަލް ނެޓްވޯރކް ޑިޒައިންކޮށް އަމިއްލަ ތަކެތީގައި އަޅައިދިނުމަށް ޝައުގުވެރިވާ، މިމަސައްކަތަށް ޝަރުތު ހަމަވާ ޤާބިލް ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ.

         ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރި ވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުން އެދެމެވެ.

 

1 . ބިޑުގައި ބައިވެރިވާން އެދޭ ފަރާތްތަކުން،  20 އޭޕްރީލް 2022 ވާ ބުދަ ދުވަހު 13:00 ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

2 . މި މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ އޮންނާނީ  21 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހު 11:00ގައި ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

3 . ބިޑް ހުޅަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ  28 އޭޕްރިލް 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި އިސްދޫ ކައުންސިލްގެ އިދާރާގައެވެ.

        

      ގަޑިޖެހިގެން ބިޑުހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމަވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6800709،6800920 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

14 އޭޕްރިލް 2022
ހޯދާ